09 Sep 2016, 11:36
އައްޑޫ މަރަދޫގައި މީހަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ސަން މިއަދު ވިދާޅުވީ، މަރަދޫގައި މީހަކު ދަންޖެހިފައިވާ ކަމުގެ މައުލޫމާތެއް ފުލުހުންނަށް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.
ސަން އަށް އިނގިފައިވާ ގޮތުގައި، ދަންޖެހިގެން މަރުވެފައިވަނީ މަރަދޫ، ރަންތަރި، ސަމާހު މުހައްމަދު، 49 އަހަރެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ މަރަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.