ދިވެހި ފަންނާނުންގެ ފަރާތުން "ޒީރޯ ޑިގްރީ އެޓޯލް"އިން މަގުބޫލުކަން ހޯދާފައިވާ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު) އަށް ދޭ ޓްރިބިއުޓް ޝޯގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި އެމް ސެވަން އާއި އެޑް އޮން ސްޓޯރ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި އެޑްއޮން ސްޓޯރ ބުދަ ދުވަހު ހަމަޖައްސާފައިވާ އިރު، އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެ ސްޓޯރ ގެ ޝޯރޫމް ގަ އެވެ. އެ އެއްބަސްވުމުގައި އެޑްއޮން ސްޓޯރ ގެ ފަރާތުން ސޮއި ކުރެއްވީ އެ ސްޓޯރ ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝިމާލެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން މިއުޒިކަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރެމުން އަންނަ ހަމައެކަނި މެގަޒިން، މިސްކު އިން އިސްނަގައިގެން ބާއްވާ އެ ޝޯ ގެ ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި އިއްޔެ ހަމަޖެއްސި އެމް ސެވަން އާ އެކު ސޮއިކޮށްފައިވަނީ އެމް ސެވަންގެ ޝޯ ރޫމް ގަ އެވެ. އެމް ސެވަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެތަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރެވެ.

ފަންނާނުން ނާޝިދަށްދޭ ހާއްސަ ޓްރިބިއުޓް ޝޯވގެ ޕްރިންޓިން ޕާޓްނަރެއްގެގޮތުގައި އެމް ސެވަން ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މިސްކް

ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި އެމް ސެވަން ހަމަޖައްސާފައިވާއިރު އެމް ސެވަން މަސައްކަތް ކުރާނީ އެ އިވެންޓުގެ ޕްރިންޓިން ޕާޓްނަރެއްގެ ގޮތުގަ އެވެ.

ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސި ދެ ފަރާތާ އެކުވެސް އެއްބަސްވުމުގައި މިސްކުގެ ފަރާތުން ސޮއި ކުރެއްވީ އެ މެގަޒިންގެ ފައުންޑަރު ރިއާޔަތު އަބްދުލް މަޖީދެވެ.

"އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯ ގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި މިއަދާ ހަމައަށް ނުވަ ފަރާތެއް ހަމަޖައްސާފައިވެ އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ފަސް ފަރާތެއް ހަމަޖައްސާފައިވެ އެވެ.

ރާއްޖޭގެ 20 އަށްވުރެ ގިނަ ފަންނާނުންނާ އެކު މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޝޯ ގެ އޮންލައިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ސަން އޮންލައިން އެވެ.