ޖިނާއީ ކުށުގެ ދައުވާ ލިބޭ، ރާއްޖެ އިން ބޭރުގައި ދިރިއުޅެމުންދާ މީހުން ކޯޓަށް ހާޒިރު ކުރެވިދާނެ ގޮތަކާ މެދު ފުލުހުންނާއި ކްރިމިނަލް ކޯޓާ ދެމެދު ރޭ މަޝްވަރާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނެފައި ވަނީ ޖިނާއީ ކުށުގެ ދައުވާ ލިބޭ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އިން ބޭރުގައި ދިރިއުޅެމުންދާ ކަމަށެވެ. އަދި އެމީހުން ކޯޓަށް ހާޒިރު ނުކުރެވުމުގެ ސަބަބުން އެ މައްސަލަތަކާ ގުޅުން ހުރި އެހެން ފަރާތްތަކެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށް ވެސް ކޯޓުން ބުންޏެވެ.

ޖިނާއީ ކުށުގެ ދައުވާ ލިބޭ މީހަކު ރާއްޖެ އިން ބޭރުގައި ދިރިއުޅެމުން ދަނިކޮށް ދުވަހަކު ވެސް ރާއްޖެ އަށް ގެނެސް ޝަރީއަތް ހިންގާފައެއް ނުވެ އެވެ.