14:30


މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާ ނޭޝަނަލް އާޓް ގެލެރީން ކުރަމުން އަންނަ މަސައްކަތްތައް، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ކުރަމުން ގެންދާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.


މިބަދަލާ ގުޅިގެން ނޭޝަނަލް އާޓް ގެލެރީއަކީ، މިއަދުން ފެށިގެން ވަކި އޮފީހެއްގެ ހައިސިއްޔަތު ލިބިފައިނުވާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ބަލަހައްޓަމުން ގެންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


ނޭޝަނަލް އާޓް ގެލެރީން ކުރަމުން ގެންދާ މަސައްކަތްތައް، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ކުރަމުން ގެންދާ ގޮތަށް މި ހަމަޖެއްސެވީ، މި ދެ ތަނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި އެއްބާވަތުގެ މަސައްކަތްތަކެއް ހިމެނިފައިވުމާއެކު، މި މަސައްކަތްތައް އެއްތަނަކުން ކުރާގޮތަށް ހަމަޖެއްސެވުމުން، މިކަމަށް ހިނގާ ޚަރަދުތައް ކުޑަކުރެވި، މުވައްޒަފުންނާއި، އެހެނިހެން ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނޭ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.