ސައިރިކްސް ކޮލެޖަށް 23 އަހަރު ފުރުމާ ގުޅިގެން ހިންގި 'ޓެކްނޮލީ ފޯ އޯލް - ޝެއަރިންގް ނޮލެޖް ފޯ ބެޓާ ލައިފް' ޕްރޮގްރާމުގެ ފުރަތަމަ ވޯކްޝޮޕް ބާއްވައިފި އެވެ.

ޖުމްލަ 30 ބައިވެރިންނާ އެކު ސައިރިކްސް ކޮލެޖުގައި އިއްޔެ ބޭއްވި ވޯކްޝޮޕަކީ ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަ ކުރުމާ އެކު އިންޓެނެޓާއި ސޯޝަލް މީޑިއާ އާއި ޓެރެވަލް ޑޮކިޔުމަންޓް ފަދަ މުހިންމު ތަކެތި ރައްކާތެރިކޮށް ބަލަހައްޓާނެ ގޮތްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތްތައް ދަސްކޮށްދިނުމަށް ބޭއްވި ވޯކްޝޮޕެއް ކަމަށް ސައިރެކްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދެ ދަންފަޅިއަށް ބަހާލައިގެން ހިންގި މި ވޯކްޝޮޕްގައި ބައިވެރިން އިންޓަނެޓުގެ އާލާތްތަކަށް އަހުވެލި ކުރުމުގެ އިތުރުން، ކޮމްޕިއުޓާ ހާޑުވެއާގައި ހިމެނޭ ބައިތައް ވެސް ކިޔައިދީފައިވާ ކަމަށް ބުންޏެވެ. އަދި ބައިވެރިން ވަނީ އަމިއްލައަށް ސޯޝަލް މީޑިޔާ ޕްރޮފައިލް ހަދައި ބޭނުން ކުރަން ފަށައިފަ އެވެ.