08 Sep 2016, 15:46
އީދު ބަންދާ ގުޅިގެން އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުވެ މޯލްޑިވިއަން އިން ފުލައިޓްތައް އިތުރިކޮށްފި އެވެ.
މޯލްޑިވިއަން އިން ސަން އަށް މައުލޫމާތު ދިން ގޮގޮތުގައި ލ. އަތޮޅުގައި ރަސްމީކޮށް އީދު ފާހަގަކުރާތީ އީދު ބަންދާ ގުޅިގެން ކައްދުއަށް ޝެޑިއުލް ދަތުރުގެ އިތުރުން 10 ފުލައިޓް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ފުވައްމުލަކަށް ހަތަރު ފުލައިޓް އިތުރުކޮށްފައިވާ އިރު ތިމަރަފުށި ނޫން އެހެން ސަރަހައްދުތަކަށް ހަ ފުލައިޓް ވަރު އިތުރުކޮށްފައިވާ ކަމަށެވެ. ތިމަރަފުއްޓަށް އިތުރުކޮށްފައި ވަނީ އެއް ފުލައިޓެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު މިއަދު ސަން އަށް ވިދާޅުވީ ފުލައިޓް ޑިމާންޑް ބޮޑުވެ އިތުރު ފުލައިޓްތަކެއް ބޭއްވުމުން ވެސް ޓިކެޓު ފުލްވެފައިވާ ކަމަށެވެ.
އީދު ބަންދަކީ މާދަމާއިން ފެށިގެން މިމަހު 17 އާ ހަމައަށެވެ.
މިއީދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.