08 Sep 2016, 15:10
ކޮލަމްބޯ (ސެޕްޓެމްބަރު 8): ސްރީލަންކާ ސަރުކާރާ ގުޅިގެން އެގައުމުގެ ކަނޑުގެ ސަރަައްދުގެ ސަލާމަތީ ކަންތައްތައް މީގެ ކުރިން ބެލެހެއްޓި އަވަންޓް ގާޑް މެރިޓައިމް ސާވިސަސްގެ ޗެއާމަން ނިސަންކާ ސެނަންދިޕަތީ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިިފި އެވެ.
ލަންކާގެ ބްރައިބަރީ ކޮމިޝަނުން ސެނަންދިޕަތީ ހައްޔަރު ކުރީ އަވަންޓް ގާޑު ގަވާއިދާ ހިލާފަށް ހަތިޔާރު ކުރުމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އެވިޔަފާރީގެ ސަބަބުން ލަންކާއަށް ލިބުނު ގެއްލުމުގެ އަގު 11.4 ބިލިއަން ރުޕީސްއަށް އަރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.
އެމައްސަލައާ ގުޅިގެން ސެނަންދިޕަތީގެ ބަޔާނެއް ނެގުމަށް ފަހު ފުލުހުން އޭނާ ދޫކޮށްލާފައި ވަނީ ކަފާލާތުގެ ގޮތުގައި 250،000 ރުޕީސްގެ ދެއްކުމުންނެވެ.
އަވަންޓް ގާޑުގެ މައްސަލައިގައި ސެނަންދިޕަތީ އާއި ލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ އަދި މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސަ ހިމެނޭ ގޮތަށް ހަތް މީހަކާ ދެކޮޅަށް ލަންކާގެ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ މިމަހުގެ އެއް ވަނަ ދުވަހު ދައުވާކޮށްފަ އެވެ. (ކޮލަމްބޯޕޭޖް)