އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސަކަށް ހާފިޒު އަހުމަދު ޒަކީ ހޮވައިފި އެވެ.

އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އިއްޔެ އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި އެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކަމަށް އެ މަޖިލީހުގެ ރައީސަކަށް ޒަކީ ހޮވި އިރު ނާއިބު ރައީސަކަށް ހޮވައިފައި ވަނީ ޝޭހު މުހައްމަދު ފާރޫގެވެ.

އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަމަށް ކުރިމަތި ލައްވާފައި ވަނީ އެ މަޖިލީހުގެ މެންބަރު ޝޭހް މުޙައްމަދު ފާރޫޤާއި، އަލް ޙާފިޒު އަހުމަދު ޒަކީ އެވެ. ޝޭޚް ފާރޫޤަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. އަދި ހާފިޒު އަހުމަދު ޒަކީ އަށް ތިން ވޯޓެވެ.

އެ މަޖިލީހުގެ ނައިބް ރައީސްކަމަށް ކުރިމަތިލައްވާފައި ވަނީ ހަމަ އެކަނި ޝޭޚް މުހައްމަދު ފާރޫޤު ކަމަށާއި ފަސް ވޯޓު ލިބިވަޑައިގެން އެ މަގާމަށް ހޮވުނީ ޝޭޚް މުޙައްމަދު ފާރޫގު ކަމަށް އެ ޕާޓީން ބުންޏެވެ.