BREAKING: Galolhu gey ehgai alifaan roavejje
BREAKING: Galolhu gey ehgai alifaan roavejje

Last Updated:
9 year 3 month ago

ގަލޮޅު ގެއެއްގައި އަލިފާން ރޯވެއްޖެ

    ބުލޮގު ޚުލާސާ

    ގަލޮޅު ސަރަހަރާ ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

    BREAKING: Galolhu gey ehgai alifaan roavejje
    BREAKING: Galolhu gey ehgai alifaan roavejje

    އަލިފާން ރޯވެފައި، ގ. އެސްބަރި ގޭގަ އެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު ވަނީ ފެތުރެން ފަށާފަ އެވެ.

    BREAKING: Galolhu gey ehgai alifaan roavejje
    BREAKING: Galolhu gey ehgai alifaan roavejje

    އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

    23:19

    މިރޭ އިރާކޮޅު ގ. އެސްބަރި ގޭގައި އަލިފާން ރޯވެ، އެގެއަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

    މިރޭ 10:00 ޖަހަން އުޅެނިކޮށް އަލިފާން ރޯވި އެސްބަރި ގެއަކީ ދެ ބުރިއަށް އިމާރާތްކޮށްފައިވާ ގެ އެވެ. ދިވެހިންނާއި ބިދޭސީންނާއެކު 35 މީހުން ދިރިއުޅޭ އެ ގޭގައި ހިންގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

    އެސްބަރި ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއެއްހާއިރުގެ މަސައްކަތުންނެވެ. އެސްބަރި ގޭގައި ރޯވި އަލިފާންގަނޑުު ފެތުރުމުގެ ކުރިން، އެ ގެއިން ވަނީ 8 ގޭސް ފުޅި ނެރެފަ އެވެ.

    އަލިފާން ރޯވި ގެއާ އިންވެގެން ހުރި އިމާރާތްތަކަށް ވެސް އަލިފާނުގެ އަސަރު ކުރި އެވެ. ނަމަވެސް އެ ގެތަކަށް އެހާ ބޮޑެތި ގެއްލުންތަކެއް ނުވެ އެވެ.

    އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ އަލިފާން ރޯވި އެސްބަރި ގެއަކަށެވެ. އެ ގޭގައި ދިރިނޫޅެވޭ ވަރަށް ވަނީ އަނދާފަ އެވެ.

    އެސްބަރި ގެއަކީ ދުވަސްވީގެ އެވެ. އެގޭގައި ބައެއް ފާރުތައް ބަލިކަށިވުމުން އެގެއަށް ވަދެ އަލިފާން ނިއްވުމަށް ސިފައިންނަަށް ދަތިތަކެއް ކުރިމަތިވި އެވެ.

    މިރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ތިން ގެއަކުން ކަރަންޓު ކަނޑާލާފައިވާއިރު، ދުމުގެ އަސަރުކޮށްގެން ފަސް މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އަވަސް ފަރުވާ ދިނުމަށް މޯލްޑިވްސް ރެޑްކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

    އެ ގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

    23:18

    ދުމުގެ އަސަރުކޮށްގެން ފަސް މީހަކު ހޮސްޕިޓަލަށް ގެންދިޔަ. ކަރަންޓް ކަނޑާލާފައި ވަނީ ތިން ގެއަކުން. އަލިފާން ރޯވި ގެ އާއި އެ ސަރަހައްދާ އިންވެގެން ހުރި ގެތަކުގައި މީހުން ދިރިނޫޅޭވޭ ވަރަށް ހުރި ގެތަކުގެ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން.

    23:00އަހްމަދު އާޒިފް

    ދުމުގެ އަސަރު ކުރި މީހުން ރެޑް ކްރެސެންޓުގެ އެހީތެރިކަމާއެކު ސިއްހީ ފަރުވާ ވަނީ ދެމުން. ދުމުގެ އަސަރު ކުރި އުމުރުން ދުވަސްވީ މީހަކު ހޮސްޕިޓަލަށް ގެންދިޔަ.

    22:55އާދަމް ނަޒީރު

    އަލިފާން ރޯވި ގޭގެ ސަރަހައްދުން ކަރަންޓު ވަނީ ކަނޑާލާފައި.

    22:48އަހުމަދު ސާއިލް އަލީ

    އަލިފާންގަނޑު ކޮންޓްރޯލް ވެއްޖެ

    22:44

    އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ސިފައިން ބުނަނީ އަލިފާންގަނޑު ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް.

    22:38އަހުމަދު ސާއިލް އަލީ

    އަލިފާން ރޯވި ގެއަކީ ވަރަށް ދުވަސްވީ ގެއެއް. އެ ގެއަށް ވަދެ އަލިފާން ނިއްވުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އަލިފާން ނިއްވުމުގައި ފުލުހުންނަށް ވަނީ ދައްޗާ ކުރިމަތިވެފައި.

    22:32އާދަމް ނަޒީރު

    އަލިފާން ރޯވި ގެއަށް އަލިފާން ނިއްވުމަށް އެންމެ ފުރަތަމަ ވަނީ ޒުވާނުންތަކެއް. އެ ޒުވާނުން ވަނީ 8 ގޭސް ފުޅި އެގެއިން ނެރެފައި.

    22:21އަހްމަދު އާޒިފް

    އަލިފާން ރޯވި ގެއަށް އަލިފާން ނިއްވާ ސިފައިންގެ ޓީމަކުން ވަދެ ފެން ޖަހަމުން ދަނީ.

    22:17އަހުމަދު ސާއިލް އަލީ

    އަލިފާން ރޯވެފައި ވަނީ ދެ ބުރިއަށް ނަގާފައިވާ އެސްބަރިގޭގެއި. އެ ގޭގެ ބޮޑު ބައެއްގައި ވަނީ އަލިފާން ރޯވެފައި. އެ ގެއާ އިންވެގެން ހުރި 10 ބުރީގެ އިމާރާތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައި.

    22:15އަހުމަދު ސާއިލް އަލީ

    އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނުލިބޭ

    22:08އަހުމަދު ސާއިލް އަލީ

    އަލިފާން ރޯވި ގެއަކީ ބިދޭސީންނާއި ދިވެހިންނާއެކު 35 މީހަކު ދިރިއުޅޭ ގެއެއް. އަލިފާން ރޯވުމާއެކު އެގޭގައި ހުރި އަލިފާން ރޯވާ ޒާތުގެ ތަކެތި ވަނީ އެ ގެއިން ނެރެފައި.

    އަދިވެސް އަލިފާން ކޮންޓްރޯލެއް ނުވޭ.

    22:07އާދަމް ނަޒީރު

    އެސްބަރި ގެއާ އިންވެގެން ހުރި އިމާރާތެއްގެ ދެ ފުލޯއެއްގައި މިހާރު ވަނީ އަލިފާންގަނޑު ރޯވެފައި

    22:03އާދަމް ނަޒީރު

    އަލިފާން ރޯވި އިމާރާތުން މީހުން ވަނީ ހުރަސްކޮށްފައި. އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގޭ ކަމަށް އެ ގޭގައި އުޅޭ މީހުން ބުނޭ. އަލިފާންގަނޑު ކޮންޓްރޯލެއް ނުކުރެވޭ