02 Jun 2011, 10:24
ޏ. ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނީ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ފުވައްމުލަކު މާދަޑު، ދިޔަރެސް އަހުމަދު ޔާމިން 18، ކަމަށެވެ.
ފުލުހުން ބުނީ ޔާމީން ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީން ފުވައްމުލަކަށް ދިޔަ ފެރީއެއްގައި ފުވައްމުލަކަށް ފޭބި ތަނުން އޭނާ ބަލައިފާސް ކުރުމުން ކަމަށެވެ. އެގޮތުން ޔާމީން ލައިގެން ހުރި ސޯޓުގެ ޖީބުން މަސްތުވާތަކެތީގެ ބުލެޓް ސައިޒްގެ ފަސް ޕެކެޓް ފެނިފައިވާ ކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
ޔާމީން އަކީ މީގެ ކުރިން އެއްވެސް ޕޮލިސް ރިކޯޑެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.