07 Sep 2016, 16:03
ރާއްޖެއަށް ޑޮކްޓަރީ ބޭސް އެތެރެކުރެވޭނީ ހެލްތު މިނިސްޓްރީގެ ހުއްދަ ލިބި، ރަޖިސްޓްރީވެފައިވާ ބޭސް ގުދަން ހުންނަ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކުރިންވެސް އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
"ނަމަވެސް، ބޭހުގެ ގޮތުގައި ކެޓަގަރީ ކުރެވޭ ބައެއް ޕްރޮޑަކްޓުތައް އާންމު ފިހާރަތަކާއި ސްޕާތަކާއި، ސެލޫންތަކުން އަދިވެސް އެތެރެކޮށް ވިއްކަމުން ގެންދާކަން މި އޮތޯރިޓީއަށް ދަނީ ފާހަގަ ކުރެވެމުންނެވެ." ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ "ބޭސް އިމްޕޯޓްކުރުމުގެ ހުއްދަ" ނެތި އެއްވެސް ފަރާތަކުން ބޭސް އިމްޕޯރޓްކޮށް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.