މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މާއެނބޫދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓަލިޖެންސާއި ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާއެނބޫދޫ ގެއެއް ބަލައި ފާސްކުރި ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެ ގެ ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފަދަ ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ. އަދި 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.