08 Sep 2016, 09:14
ނިއުޕޯޓް މޯލްޑިވްސްއަކީ ތަފާތު ތަނެކެވެ. މާލޭ ބޮޑުތަކުރުފާނު މަގުގައި އެންމެ ޕްރައިމް އެއް ލޮކޭޝަނުގައި ހުންނަ ނިއުޕޯޓް ރެސްޓޯރަންޓުން ކަސްޓަމަރުންނަށް ދޭ މެނޫ ވެސް ތަފާތެވެ. މެނޫގައި ހިމެނޭ ތަކެތި ވެސް އެހާމެ ތަފާތެވެ.
ނިއުޕޯޓުގެ އެންމެ މަޝްހޫރު ޑިޝްއަކީ، އެތަނުގެ ބާގަރތަކެވެ. "ކައު އިން އަ ބަން" ނަމަކަށް ކިޔާ ބީފް ބާގަރއާއި "ޗިކަން އިން އަ ބަން" ނަމަކަށް ކިޔާ ޗިކަން ބާގަރ އެވެ.
ނިއު ޕޯޓްގެ "ކައު އިން އަ ބަން" ބާގަރ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ކަސްޓަމަރުންނާއި ކާނާއަށް ލޯބިކުރާ ފަރާތްތައް މި ބާގަރގެ އަޖުމަ ބަލައިލުމަށް އެންމެ ބޮޑަށް މަޖުބޫރު ކުރުވާ ނުފޫޒަކީ، މި ބާގަރތަކަށް ކިޔާ ޔުނީކް ނަމެވެ.
ނިއުޕޯޓް ރެސްޓޯރަންޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ޒާހިދު ރަމީޒް ވިދާޅުވާ ގޮތުގައި، ނިއުޕޯޓުގެ މި ބާގަރތައް ހަމަ ޔަގީނުން ވެސް ތަފާތުވެފައި، ހިތްގައިމު ވާނެ އެވެ.
ނިއުޕޯޓުގައި ފޯރުކޮށްދޭ ކާއެއްޗެހީގައި ހިމެނޭ ބަނަހާއި ޕާން ފަދަ ތަކެތި ފިހެ އުފައްދަނީ ނިއުޕޯޓުގެ ބަދިގޭގައެވެ.
އެފަދައިން، ނިއުޕޯޓުން އަމިއްލައަށް އުފައްދާ ބަނަހުގައި "ކައު އިން އަ ބަން" ބާގަރ ހަދާ އިރު، މި ބަނަހަކީ ފަސޭހައިން ފޯވާ ބަނަހެއް ނޫނެވެ.
ނިއު ޕޯޓްގެ "ކައު އިން އަ ބަން" ބާގަރ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ބައެއް ރެސްޓޮރަންޓްތަކުގައި ސާވް ކުރާ ޑިޝްތަކުގައި މަސް މަދުން އަޅާފައި ހުންނަ ކަމީ އާންމު ޝަކުވާއެކެވެ. ޚާއްސަކޮށް ބާގަރއާއި ސޭންޑްވިޗް ފަދަ ތަކެއްޗަށް އަޅާ މަސްގަނޑު ކުޑަވެ، ނުވަތަ "ފަތި" ކަމުގެ ޝަކުވާ ކުރެވެއެވެ.
އެހެން ނަމަވެސް ނިއުޕޯޓްގެ "ކައު އިން އަ ބަން" އަދި "ޗިކަން އިން އަ ބަން"އަށް ތައްޔާރުކުރާ މަސްގަނޑު ބޮޑެވެ.
ބާގަރގެ ޕްރެޒެންޓޭޝަން ވެސް އެހާ ފުރިހަމައެވެ. އެ ބާގަރ ފެންނަ ފެނުމަށް ހުންނަ ފުރިހަމަކަން، އޭގެ ރަހައިން ވެސް ސާބިތު ކޮށްދެއެވެ. ހަމަ އެއްވަނައެވެ.