07 Sep 2016, 08:47
އަރްޖުން ކަޕޫރް އަދި އޭނާގެ ބޮޑުބޭބެ އަނިލް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު، "މުބާރަކާން" ބެލުންތެރިންނާ ހަމައަށް އަންނާނެ ތާރީހު އިއުލާންކޮށްފިއެވެ.
އަނީސް ބަޒްމީ ޑައިރެކްޓު ކުރާ "މުބާރަކާން" ރިލީޒް ކުރާނެ ތާރީހު ހާމަކޮށްފައި ވަނީ އަރްޖުން ކުރި ޓުވީޓެއްގައެވެ. އަރްޖުން ބުނީ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
އެ ފިލްމަކީ އަނިލް އަދި އަރްޖުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އެ ފިލްމުގައި ވެސް އަނިލް ފެނިގެން ދާނީ އަރްޖުންގެ ބޮޑުބޭބެގެ ރޯލުންނެވެ.
"މުބާރަކާން" ގައި ދެން ހަރަކާތްތެރި ވާނީ އާތިޔާ ޝެޓީ އަދި އިލީނާ ޑިކްރޫޒެވެ.
މުރާދް ޚެތާނީ އަދި އަޝްވިން ވަރްދޭ ޕްރޮޑިއުސް ކުރާ އެ ފިލްމުގެ މަސައްކަތް ފަށާނީ އަންނަ ނޮވެމްބަރު މަހުއެވެ.