ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާގޮތަށް، ދައުލަތަށް ފައިސާތަކެއް ދައްކަންޖެހޭ ކަމަށް އެންގި ހަތް ބޭފުޅުންގެ ތެރެއިން ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ ހަތް ބޭފުޅުންނަށް ފައިސާ ދެއްކުމަށް އެންގި މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވިއިރު ފައިސާ ދެއްކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އެކަންޏެވެ.

ފިނޭންސްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، އިތުރު ފަރާތަކުން ފައިސާ ނުދައްކާ ކަމަށާއި އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

"ފައިސާ ނުދައްކާ ފަރާތްތަކާއިމެދު އަމަލު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދާނީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަޅާނެ ވަކި ފިޔަވަޅެއް ފިނޭންސުން އަދި ހާމައެއް ނުކުރެއެވެ.

ފައިސާ ދެއްކުމަށް އެންގި ހަތް ބޭފުޅުންނަކީ:

  • ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު
  • ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު
  • ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް
  • ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
  • ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން
  • ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް ހުސައިން ރަޝީދު އަހުމަދު

އައިމަން ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ހިޔާނާތްވި ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ހުރިހާ ފަރާތެއްގެ އަތުން ފައިސާ ހޯދުމަށް ފިނޭންސުން މަސައްކަތް ކުރާނެ ކަމަށެވެ.