ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް 4" ގެ ލީޑު ރޯލުން ފެނިގެންދާނީ އަރަމުން އަންނަ ތަރި، ޝްރައްދާ ކަޕޫރު ކަމަށް ޚަބަރުތައް ބުނެފިއެވެ.

ފިލްމުން ފެނިގެންދާނީ ޝްރައްދާ ކަމަށް ޚަބަރުތައް ބުނަން ފަށާފައި ވަނީ، އެ ފިލްމުން ދީޕިކާ ޕަދުކޯން އަދި އާލިއާ ބަޓް ނުފެންނާނެ ކަމަށް ރޯހިތު ޝެޓީ ބުނެފައި ވަނިކޮށެވެ.

ރިޕޯޓުތައް ބުނާގޮތުން ޝްރައްދާ އަށް ފިލްމު ހުށަހެޅީ، އާލިއާ އަށް ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ.

ޝްރައްދާގެ ފަރާތުން އެއްވެސް ކޮމެންޓެއް ލިބިފައި ނުވާއިރު، ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާނީ އަޖޭ ދޭވްގަން އެވެ.

"ގޯލްމާލް 4"ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.