ރާއްޖޭގައި މަސައްކަތް ކުރަން އުޅުނު އިންޑިއާ މީހަކު މިދިޔަ މަހު ރާއްޖޭގައި މަރާލި ކަމަށް އޭނާގެ އާއިލާއިން ކުރާ ތުހުމަތުތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޮގުކޮށްފި އެވެ.

އިންޑިއާ މީހަކު ރާއްޖޭގައި މަރާލި މައްސަލައެއް އެ ގައުމުގެ ފުލުހުންނަށް ހުށަހެޅި ކަމަށް ބުނެ، ޓައިމްސް އޮފް އިންޑިއާ އިން ޓެމިލް ނާޑޫގެ ސިޓީއެއް ކަމަށްވާ ޓްރިޗީގައި ނެރޭ އެޑިޝަނުން މިއަދު ވަނީ ަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން"އަށް މިރޭ ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު ޅ. އޫކޮޅުފިނޮޅުގައި ތަރައްގީ ކުރާ ރިސޯޓެއްގައި އިންޑިއާ މީހަކު ދަންޖެހިފައި ހުއްޓާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާ މީހާ ގަސްތުގައި މަރާލި ކަން ތަހުގީގަށް އަދި ހޯދިފައި ނުވާ ކަމަށެވެ. އޭނާ މަރާލިކަން ބައެއްގެ މައްޗަށް ތުހުމަތު ވެސް ނުކުރެވޭ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ އިންޑިއާ މީހާގެ މަރާ ގުޅިގެން، އެ މީހާގެ އާއިލާގެ ފަރާތުން ވެސް އަދި އެހެން ފަރާތަކުން ވެސް ފުލުހުންނަށް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ރާޖާ ކިޔާ މީހެއްގެ އާއިލާއިން، އެ ގައުމުގެ ފުލުހުންނަށް މަރުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ނޫހުގައިވާ ގޮތުން ރާާޖާގެ އާއިލާއިން ވަނީ މިދިޔަ މަހުގެ 27ގައި އޭނާ ރާއްޖޭގައި ހުއްޓާ އޭނާއާ ފޯނުން ވާހަކަ ދައްކައިފަ އެވެ. އަދި އޭގެ މާގިނަ އިރުތަކެއް ނުވެ ރާޖާ މަސައްކަތް ކުރަމުން އައި ކުންފުނިން އޭނާ މަރުވެފައިވާ ކަން އާއިލާއަށް އެންގި ކަމަށެވެ.

އޭގެ ފަހުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރާޖާގެ ހަށިގަނޑު އޭނާގެ އުފަން ރަށް އަރިޔާލާއަށް ގެންދިޔަ ނަމަވެސް އާއިލާ އިން ވަނީ އޭނާގެ ހަށިގަނޑާ ހަވާލުވާން ދެކޮޅު ހަދައި މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އާއިލާ އިން ކުރި ޝަކުވާއާ ގުޅިގެން ރާޖާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހަދަން އަރިޔާލާގެ ހޮސްޕިޓަލަކަށް ފޮނުވައިފަ އެވެ.