05 Sep 2016, 16:28
އައިކެއާ އޮޕްޓިކަލްސްއާ ގުޅިގެން އިސްލާމީ ޔުނިވާސިޓީގައި އައި ކޭމްޕެއް ފަށައިފިއެވެ.
އެ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން އައިކެއާ އޮޕްޓިކަލްސްއާ ގުޅިގެން މިއަދު ހެނދުނު ފެށި އައިކޭޕް ކުރިއަށްދާނީ މިރޭ 8:30 ގެ ނިޔަލަށެވެ.
އެ ކޭމްޕުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ހިލޭ އައި ސުކްރީން ކުރުމުގެ ޚިދުމަތާއި ހިލޭ ނަންބަރު ނަގައިދިނުމުގެ ޚިދުމަތާއި ލޮލުގެ މައްސަލަތައް ހުންނަ މީހުން ދެނެގަނެ އެމީހުންނަށް ބޭނުންވާ ފަރުވާ ދިނުމާއި ލޮލުގެ ބަލިތަކާ ބެހޭގޮތުން މައުލޫމާތު ދިނުން ހިމެނޭ ކަމަށް އިސްލާމީ ޔުނިވާސިޓީން ބުންޏެވެ.
އިސްލާމީ ޔުނިވާސިޓީން ބުނީ އައިނު ހަދަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް އެ ކޭމްޕުން ލިބިގެންދާނެ ކަމަށެވެ.
އެ އައިކޭމްޕުން ޚިދުމަތް ލިބޭނީ ހަމައެކަނި އެ ޔުނިވާސިޓީގެ ދަރިވަރުންނާއި ލެކްޗަރާއިންނާއި މުވައްޒަފުންނަށް އެކަނި ކަމަށް އިސްލާމީ ޔުނިވާސިޓީން ބުންޏެވެ.
އެ ޔުނިވާސިޓީގެ ބައެއް އިސްވެރިން މިއަދު ވަނީ އެ ކޭމްޕަށް ޒިޔާރަތްކޮށް ޚިދުމަތް ހޯއްދަވައިފައެވެ.