05 Sep 2016, 11:31
އެތައް ފަހަރަކު ބާއްވަނަ މަސަތްކަތްކޮށް ނުބޭއްވިފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބު، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ އިންތިގާލީ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގެ މަސްތްކަތް ފަށައިފިއެވެ.
ކްލަބް ޖަމިއްޔާ ތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ހޯމް މިނިސްޓްރީގެ، ރެޖިސްޓާރ އަށް ލިބިދޭ ބާރުގެ ދަށުން ވަނީ ފަސް މެމްބަރުންގެ އިންތިގާލީ ކޮމެޓީއެއް އުފައްދައި މައްސަލަ ޖެހިފައިވާ އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމުގެ ބާރު ދީފައެވެ.

ހޯމް މިނިސްޓްރީ އިން އެކުލަވާލި 5 މެމްބަރުންގެ އިންތިގާލީ ކޮމެޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ
"ގާނޫނުގަ ބުނާ ގޮތުން ރާއްޖޭގެ ޖަމިއްޔާ ތަކުގެ އިންތިހާބު ތަކުގައި މައްސަލަތައް ދިމާވެ އެކަށީގެންވާ ފެއާ ގޮތަކަށް ނުދާކަަމަށް ފެނިއްޖެ ހާލަތެއްގައާއި މަސްލަހަތު ގެއްލިއްޖެ ހާލަތެއްގައި ރަޖިސްޓާ އަށް ބާރު ލިބިގެންވޭ ވަގުތީ އިންތިގާލީ ކޮމެޓީއެއް އުފެއްދުމަށް،" ފަސް މެމްބަރުންގެ ކޮމެޓީގެ ޗެއާމަން އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.
ރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލްގެ އިތުރުން ދެން އެ ކޮމެޓީގައި ތިއްބަވަނީ އެފްއޭއެމް އެކްސްކޯގެ މެމްބަރު އަހުމަދު ޝަކީބް އާއި އަލީ ސަލީމް އާއި އައިމިނަތު ނަބީލާގެ އިތުރުން މޫސާ ރަމީޒެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވީ، މިހާރު އެންމެ ބާރަށް އެކޮމެޓީން ކުރާ މަސައްކަތަކީ ހޯމް މިިނިސްޓްރީން ބާތިލް ކޮށްފައިވާ ވޮލީ ބޯލް އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމުގެ މަސަތްކަތް ކަމަށާއި ނަމަވެސް އެމްބީއޭގެ އިންތިހާބްގެ ކަންތައްތައް ވެސް މިހާރު ފަށާފައިފައިވާ ކަމަށެވެ.