ތަޖުރިބާ ދަތުރެއްގައި ގައުމީ ޔުނިވަސިޓީގެ 17 ދަރިވަރަކު ސްރީލަންކާ އަށް އިއްޔެ ފުރައިފި އެވެ.

ގައުމީ ޔުނިވަސިޓީގެ އޮފިޝަލަކު އިއްޔެ ސަން އަށް ވިދާޅުވީ އެ ޔުނިވަސިޓީގެ ބިޒުނަސް ސްކޫލުގެ ދަރިވަރުން ސްރީލަންކާ އަށް ކުރާ ފަސް ދުވަހުގެ ދަތުރުގައި އެ ގައުމުގެ ބިޒުނަސް އިންޑަސްޓްރީތަކާއި ފެކްޓަރީތަކަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އެ ގޮތުން ވޯލްޑް ޓްރޭޑް ސެންޓަރު ކަލަމްބޯ އާއި ސްޓޮކް އެކުސްޗޭންޖާއި ޕާލަމެންޓާއި ޗެމްބަރު އޮފް ކޮމާސް އާއި ބޮޓެނިކް ގާޑްން އާއި ޓީ ފެކްޓަރީތަކާއި ވޯޓާ ފޯލްސް އާއި ޕްލާންޓޭޝަން ފަދަ ތަންތަނަށް ޒިޔާރަތް ކުރާނެ ކަމަށެވެ.