އައްޑޫ ސިޓީ، މަރަދޫ ބަނދަރު ސަރަހައްދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މަރުވެފައި އޮއްވާ ފެނުނީ 86 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން"އަށް މިރޭ ވިދާޅުވީ މިރޭ 11:00 އެހާކަށްހާއިރު އެ މީހާ ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއިލާއިން ކުރަމުން ދަނިކޮށް މަރަދޫ ބަނދަރު މަތިން އޭނާ ފެނިގެން އާންމު ފަރާތަކުން ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

ފުލުހުން ބުނީ މަރަދޫ ބަނދަރު ސަރަހައްދުން އޭނާ ފެނުނުއިރު ވެސް މަރުވެފައިވާ ކަމަށެވެ. އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.