ތިނަދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ކްލާސް ރޫމުތަކުގައި އިސްލާމީ ޔުނިވާސިޓީގެ ކޯސްތައް ހިންގުމަށް ނިންމައިފި އެވެ.

ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން ތިނަދޫގައި އިސްލާމީ މަރުކަޒެއް ގާއިމް ކުރުމަށް އެމްއާރްޑީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ތިނަދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ކޮންކްރީޓްގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސޯޝަލް ކައުންސިލުގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއް ތެރޭގައި ތިނަދޫ އިސްލާމީ މަރުކަޒު ނިންމާލެވޭނެ ކަމަށެވެ. އޭރުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދެކުނުގެ އަތޮޅުތަކަށް ހާސްކޮށް ކޯސްތައް ހިންގާނެ ކަމަށް ޒިޔާދު އޭނާ އެވެ.

ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ކޯސްތައް ހިންގާނީ ގދ އަތޮޅާއި ގއ އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ކަމަށެވެ.

މިހާރު އިސްލާމީ ޔުނިވަސިޓީން ކޯސްތައް ހިންގަނީ ހަމައެކަނި މާލޭގަ އެެވެ. ނަމަވެސް އަތޮޅުތަކަށް އެ ޔުނިވަސިޓީގެ ކޯސްތައް ފުޅާ ކުރުމުގެ މަަސައްކަތް އެ ޔުނިވަސިޓީން ދަނީ ކުރަމުންނެވެ.