04 Sep 2016, 14:58
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އާއި ރާއްޖޭގެ ވެރިކަން ކުރާ ޕީޕީއެމްއާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާ ކޮށްފިއެވެ.
އިންޑިއަން އޯޝަން ކޮންފެރެންސް 2016 ގައި ބައިވެރިވެވަޑައިގަތުމަށް ސިންގަޕޫރުގައި މިހާރު ހުންނެވި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވަނީ، އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލް ރާމް ބަދްވަންއާ ބައްދަލު ކުރައްވައިފައެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، ބީޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ރާމް ބަދްވަންއާ މިއަދު ބައްދަލު ކުރެއްވި އިރު، ބީޖޭޕީއާއި ޕީޕީއެމްއާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ރައީސް މައުމޫން އިއްޔެ ވަނީ، ސިންގަޕޫރުގައި ހުންނަވައިގެން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވެސް ބައްދަލު ކުރައްވައިފައެވެ.