03 Sep 2016, 11:27
ސާދަ ސަތޭކަ ތިރީސް ހަތް ވަނަ އަހަރުގެ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ މިއަދު ކަމަށް ސައުދީ އަރަބިއާ އިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގެ ކަލަންޑަރުގައި ހިމަނާފައިވާ މަހުގެ ދުވަސްތައް އެ ގައުމުގެ ކަލަންޑަރާ އެއްގޮތަށް ބަދަލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެ ބަދަލާ އެކު އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހަކީ ޒުލްހިއްޖާ މަހުގެ 29 ވަނަ ދުވަސް ކަމަށެވެ.
އެ ބަދަލާ ގުޅިގެން 1437 ވަނަ އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 11 ވަނަ ދުވަސް ކަމަށެވެ. އަދި އަޟުހާ އީދު ދުވަހަކީ މިމަހުގެ 12 ވާ ހޯމަ ދުވަސް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ކަލަންޑަރުގައިވާ ފަދައިން ހިޖުރައިން 1438 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަހަކީ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.