01 Jun 2011, 15:27
މަސާޖް ޕާލާގެ ނަމުގައި ހިންގާ ނާސިގެތައް "ބަސްޓް" ކުރުމުގެ މިޝަންގެ ޕްލޭން އޭގައި އަހަންނަށް ލައްވައިލީ ލޮނުޒިޔާތް މަގު، ހެންވޭރުކޮޅުގައި ހުންނަ މިސްކިތާ ވަރަށް ކައިރީގައި ހުންނަ ނާސިގެއެކެވެ. އަހަރެން ވަންނަންޖެހޭ "ނާސިގެ" ހުންނަނީ ތިން ބުރި އިމާރާތެއްގެ ފުރަތަމަ ފަންގި ފިލާގަ އެވެ. އެތަނަށް ވަންނަން ވަކަރާއި ދަގަނޑުން ހަދާފައިވާ ސިޑި މައްޗަށް އެޅިފައި ވަނީ ފަނޑުފަނޑު އައްޔަކެވެ. ނަން ބޯޑު ހަރުކޮށްފައިވާ ދޮރާ ހަމައަށް ގޮސް ބަލައިލިއިރު ފިރިހެން ފައިވާންތަކެއް ހުއްޓެވެ. މިހުރެވުނީ ރަނގަޅު ދޮރުގެ ކައިރީގައިކަން ޔަގީނެވެ. ފަހަތުން އައި މީހުން އަހަރެންގެ ލޮލަށް ބަލާލަފައި އެތެރެއަށް ވަންނަމުން ދިޔައެވެ. އެތާނގެ އެތެރޭގެ ހުރިހާ މަންޒަރެއް ދަމައިގަތުމަށް އަހަރެން ގެނައި ސްޕައި ކެމެރާ ރެޑީކޮށްލަން ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.
އަހަރެން ހުރީ ފާޑަކަށް ބިރުގެންފަ އެވެ. އެވަރަށް ޖެހިލުން ވެސް ވެފަ އެވެ. ނަމަވެސް ނޫސްވެރިއެއްގެ ގޮތުން އަހަރެން އަދާކުރަންޖެހޭ ޒިންމާއާ ކެރިގެން ކުރިމަތިލުމަށް ނިޔަތް ގަނެގެން ދޮރު ހުޅުވާލައި އޮޅި ގިރާކޮށްފީމެވެ. މިފަދަ ތަންތަނާމެދު ކުރިން އިވުނު ވާހަކަތައް ވަޒަން ކޮށްލަން އެތާނގެ ތެރެއިން ފުރަތަމަ ފެނުނު މަންޒަރުން އެކަނިވެސް ފުދެ އެވެ. ދެ ފަރާތުގައި ބަހައްޓާފައިހުރީ ދެ ބެންޗުގައި ދޮން މޭމަތިތައް އަވީލައިގެން "ސެކްސީ" ގޮތަކަށް އެތުރި، ސަމާސާކުރަން ތިބީ ބެންކޮކްގެ ޒުވާން ނާސި ބައިގަނޑެކެވެ. ލައިގެން ތިބީ ކައިވަތެއްހާ ފޮތީގެ މިނީ ސްކާޓެވެ. އަހަންނަށް ބަލައިލެވޭ ކޮންމެ ފަހަރަކު އެކުދިން މޭގެ އުސްކަން ވަކިން ހަލުވައިލަ އެވެ. ތުންފަތަށް ގެންނަ ހަރަކާތުން ހީވަނީ އެހިސާބުންވެސް އަހަރެންގެ ހިތް ފޮތިފޮތިކޮށްލަން ހިފާފައި ތިބިހެނެވެ. މިހާރުގެ ބަހުން ބުނާނަމަ އަހަރެން "ހިތްކާފަރު" ކުރުވާން އުޅޭ ހެންނެވެ.
ކައުންޓަރުގައި އިނީ ދިވެހި ފިރިހެން ކުއްޖެކެވެ. ބޮލުގައި ކުލަޖައްސައި ކަންފަތުގަ ބޮޅުލާފައި ހުރި އެ ކުއްޖާއާ އެތަނަކާ ނުވެސް ގުޅެ އެވެ. އެއީ "ލޭޑީބޯއީ" އަކަށް ވެދާނެ އޭވެސް އެ ވަގުތު ހިތަށް އެރި އެވެ. އޭނާ އަހަންނަށް ބަލާލާފައި ބުންޏެވެ: "މިތަނަށް އައުމަށް ކުރިން ގުޅާލިންތޯ؟"
ކުރިން ގުޅައި އެޕޮއިންޓްމަންޓެއް ހަދާފައި ނުވާނެ ކަމަށާއި މަސާޖެއް ކޮށްލަން ބޭނުންވީމަ ވަނީ ކަމަށް ބުނުމުން މާބޮޑު ކަމަކަށް ނުހަދައި "ބޭނުންވަނީ ކޮންހަލަ ތެރަޕީއެއް ހެއްޔޭ" ވެސް އަހައިފި އެވެ. އެޕޮއިންޓްމަންޓަކާއި ނުލާ ދެވުމުން، ވާން އުޅުނު ގޮތުން އަހަންނަށް ފުރަތަމަ ހީވީ އަހަރެން "ބަސްޓް"ވާން އުޅެނީ ކަމަށެވެ. އެހެން ބޮޑަށް ހީވީ ކައުންޓަރުގައި އިން ދިވެހި ކުއްޖާ ބަލަމުން ދިޔަ ގޮތުންނާއި ރާގުގެ ހަރުކަށި ކަމުންނެވެ.
"ބެކްބޯން މަސާޖެއްކޮށްލަން ބޭނުން ވެގެން މިއައީ؟" ވަރަށް ގަޓްވެފައި އަހަރެން ބުނެލީމެވެ. ކައުންޓަރުން ޖަވާބު އައިލެއްވެސް އަވަހެވެ. ބުންޏެވެ: "މިކޮޅަށް ދީ، ތްރީ ފިފްޓީ!"
އޭނާ އެދޭ ވަރަކަށް ދޭނެ ފައިސާ އަހަރެންގެ ޖީބުގައި ހުއްޓެވެ. ރުފިޔާ ހާހެއް ދޭށޭ ބުންޏަށް ހުރީ ދެވޭ ގޮތަށެވެ. އެދުނު ވަރަށް 350ރ. ދީފައި އަހަރެން އަތް ޖައްސައިލީ ޖިބުގަ އެވެ. ސްޕައި ކެމެރާ ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލައިލުމަށެވެ. އެ ގޮލާ ސަޅިކޮށް ވާޖިބު އަދާ ކުރަމުން ދެ އެވެ.
" ބޯ! ކަމް ހިޔާ، ގެޓް ހިމް އަ ބެކްބޯން މަސާޖު"، (ބޯ އައިސްބަލަ! މީނާއަށް ބެކްބޯމް މަސާޖެއް ދީބަލަ) ރިސެޕްޝަނުގެ އަމުރާއެކު މިނީ ސުކާޓްގައި ތިބި ތައިލެންޑް އަންހެން ކުދިންތަކުގެ ތެރެއިން އެއް ކުއްޖަކު "ސެކްސީ" ގޮތަކަށް އައިސް އަހަރެންގެ އަތުގައި ހިފި އެވެ. އޭނާގެ ނަމަކީ ބޯ ކަން އަހަންނަށް އެނގުނީ ރިސެޕްޝަނުން އެހެން ގޮވީމަ އެވެ. ބޯ، އަހަރެން ގެންގޮސް ވެއްދީ ބިއްގަނޑަކުން ތިން ބަޔަށް ބައިކޮށްފައިވާ "ކުޑަގޮޅި" އަކަށެވެ. ހީވާ ގޮތުން މިއީ 12 ފޫޓް ފަސް ފޫޓްގެ ތަންކޮޅެކެވެ. އަހަރަމެން ވަންއިރު ލޮލަށް އިނގިލި ކޮއްޕައިލިޔަސް ނޭނގޭ ވަރަށް އެ ތަން އޮތީ "ކަނު" ކޮށެވެ. އިރުކޮޅަކުން ހިސާބެއްގެ ފަނޑު އައްޔެއް ވެރިވި އެވެ. އޭރު ބޯ ހުރީ އަހަންނާޖެހި ފިތިގެނެވެ. އަހަންނަށް ކުރިން ދުވި ވަހެއް ބޯގެ ގައިން ދުވާތީ އަހަރެން ވެސް ދުރަށް ޖެހިލާކަށް ބޭނުމެއް ނުވި އެވެ. ލަފާވާ ގޮތުން ބޯއަށް ވާނީ 24 ހަކަށް އަހަރެވެ. ގައިމު 30 އެއް ނުވާނެ އެވެ.
މިހާރު މިނިޓެއް ދެމިނެޓެއް ވެއްޖެ ކަމަށް ބަލާށެވެ. އަހަރެން ފުރަތަމަ ވިސްނައިލީ މާހައުލަށެވެ. ބިއް ޖަހައިގެން ބައިކޮށްފައިވާ އެހެން ގޮޅިތަކުގެ ތެރެއިން އަންހެނުންނާއި ފިރިހެނުންގެ "ޖިންސީ ހަޅޭކު"ގެ އަޑު މެދަށް ކެނޑިލާފައި އިރުއިރުކޮޅުން އިވެ އެވެ. އަހަރެން އެއްކަމެއް ޔަގީން ކޮށްފީމެވެ. މިއީ ނަމްބަރުގެއެއް، ނުވަތަ ނާސި ގެއެކެވެ. އަހަރެންގެ މިޝަންގައި މިތަނުން ހޯދަން ހަވާލު ކުރި ހުރިހާ ކަމެއް ލޮލުން ދެކެ އަތުން ހިފޭނެ އެވެ. ޕްލޭން ބީއާ އެއް ގޮތަށް މާފަންނުކޮޅުގައި ހުންނަ ތަނަށް ދާންޖެހޭ ވަރެއް ނުވާނެ އެވެ. (ޕްލޭން އޭ ނާކާމިޔާބު ވެއްޖެ ނަމަ އަހަރެން ދާން އޮތީ މާފަންނު އައިޖީއެމްއެޗާ ވަރަށް ކައިރީ ހުންނަ މަސާޖުޕާލާ އަކަށެވެ.)
މަސައްކަތައިގެން ކުރިއަށްދާންވީ ކިހިނެއްތޯ އަހަން އަނގަ ހުޅުވައިލަނިކޮށް ކުޑަ ކޮޓަރިގަނޑުގެ ތެރޭގައި ހުރި ހަނި އެނދަށް އަރައި އޮށޯންނާށޭ ބުނާ ގޮތަށް ބޯ އަހަންނަށް އިޝާރާތް ކުރި އެވެ. އޭނާގެ ބަހުރުވައަކީ ގާތްގަނޑަކަށް ހަތަރެސްފައިގެ މަންމަން ބަހުރުވަ އެވެ. ދިވެހިން ވެސް އިނގިރޭސިން ވެސް ވާހަކަދައްކާކަށް ނޭނގެ އެވެ. ނަމަވެސް ބައެއް އިނގިރޭސި ބަސް ބަހާއި ކުދި ޖުމްލަތައް ބޯއަށް އެނގެ އެވެ. އެކަހަލަަ އެއް ޖުމްލައެއް އޭނާ ވަރަށް ރީއްޗަށް އެވަގުތު ބުނެލި އެވެ:"ސަމް ގާލްސް ވޯންޓް ޖޮއިން ވިތު ޔޫ،" (އިތުރު އަންހެން ކުއްޖަކު ކަލެއާ ގުޅެން ބޭނުންވޭ)
ބޯ އެހެން ބުނުމުން، އެ ކޮޓަރިގަނޑަށް ވަނީއްސުރެ ވާންވެފައިވާ އަހަރެންގެ ހިއްސުތައް ދޫވެ ރުލަށް ވެއްޖެ އެވެ. "ތްރީ ސަމް"އެއް ނުވަތަ ގްރޫޕް ސެކްސް ހެދުމަށް ނުސީދާކޮށް އަހަންނަށް ދައުވަތު ދިނުމުން އަހަރެން ހުރީ ވަރަށް ބޮޑު އަންތަރީސް ކަމެއްގަ އެވެ. އެއީވެސް މިތަނުގައި އޮންނަ ކަމެއް ހެއްޔޭ ސުވާލު ކުރީމެވެ. އަދި ނޫނެކޭ ބޭނުމެއް ނޫނޭ ބުނުމުން އަތުގެ އިޝާރާތުން އެބަ އަންނަމޭ ބުނެފައި އޭނާ ނުކުމެގެން ދިޔައީ ހެވިފައި ހުރެ އެވެ. ފަހުން އޭނާ ބުނި ގޮތުން "ތްރީސަމް" ހެދުމުގެ ފުރުސަތު އެއީ ކޮންމެ ކަސްޓަމަރަކަށް ވެސް އޮންނަ ޕެކެޖެކެވެ. އިތުރަށް ޖެހޭނީ އެތެރެއިން ފައިސާ ކޮޅެއް ދޭށެވެ.
ކުޑަ ވަގުތުކޮޅަކަށް ބޯ، ނައްޓައިލުމުން އެ ވަގުތުކޮޅުގެ ބޭނުން އަހަރެން ރަނގަޅަށް ހީފީމެވެ. ގަމީސް ބޭލީމެވެ. އަހަންނާއެކު ގެނައި "އިންޓެލިޖެންސް ލޯ" އެ ކޮޓަރީގައި ބޯއަށް ހާއްސަ ކޮށްފައިވާ ކަބަޑުގެ މަތީގައި އޭނާގެ ހަރަކާތްތައް ފެންނާނެ ގޮތަށް، އަހަރެންގެ މޫނު ނުފެންނާނެ ގޮތަށް ވިސްނައިގެން ބާއްވައިފީމެވެ. ދެން އެއްކަލަ ހަނި އެނދުގައި އޮށޯވެލައިގެން އޮތީ އެވެ.
މާ ގިނަ އިރެއް ނުވެ ބޯ އަތުވެއްޖެ އެވެ. އޭނާ ވަދެ، ފުރަތަމަވެސް ދޮރު ތަޅުލީ އެވެ. ދެން ހަމަ ހަޔާތެއް ނެތެވެ. އެއައި ގޮތަށް އައިސް ގައިގޯޅިވެ އަރައިގަތީ އެވެ. ބެކްބޯން މަސާޖަކަށް ވެއްދިއެއް ކަމަކު އަހަރެން މިއޮތީ އުޑުތިލައަށެވެ. ބޯ ވެސް އަހަންނަށް މަސާޖް ކޮށްދޭކަށް ނޫޅެ އެވެ. އޭނާގެ ހަށިގަނޑުގެ ބަހުރުވައިންނާއި އުޅެގަތް ގޮތުން ބޭނުން ވަނީ އަހަރެންގެ ބުންވަރާއި އޭނާގެ ފަންވަރު ދިމާވޭތޯ އަވަހަށް ޓެސްޓް ކޮށްލަންކަން އެނގުނެވެ.
"ތެރަޕީއެއް ނުދެންތަ؟ ކޮން ސަކަރާތެއް ތިގަންނަނީ؟" އަހަރެން ސުވާލު ކުރީ އަތުންނެވެ. އޭރު ބޯ އޮތީ އަހަރެންގެ ގައިގައި ވަށާލައިގެނެވެ. ކަންފަތް ބުޑުގައި "ތްރީސަމް" ބޭނުންތޯ އަނެއްކާވެސް އަހައިފި އެވެ. އަހަރެން ބުނީ "ބޯއަށް އެކަނިވެސް މަސާޖު ކުރެވޭނެ ނޫން" ހެއްޔޭ އެވެ. އޭރު އަހަންނަށް އިނދެވުނީ އެނދުމަތީގައި އިށީނދެވިފަ އެވެ.
އޭނާ މަޑުމަޑުން އެނދުމައްޗަށް އަހަރެން ކޮއްޕާލި އެވެ. އަދި އަހަރެންގެ ބޮކްސާގައި ކުރަހާފައިވާ "ސިމްސަންސް" ކާޓޫނުތައް ބަލަން އިނުމަށްފަހު ރަނގަޅަށް ހިފަން ފެށި އެވެ. ފުރަތަމަ ވަރަށް ލުއިކޮށެވެ. އޭނާ ގަންނަ ސަކަރާތް ބެލުމުގެ ބަދަލުގައި އަހަރެން ވެސް ލޯ މަރައިލީމެވެ. މި އާލަމުގައި "އަހަންނަކަށް ނުފެނެ އެވެ."
މިނިޓެއްހާއިރު ފަހެވެ؛ "ކިހާވަރެއް ދޭނަން؟" ބޯ ސުވާލު ކުރި އެވެ.
އަހަރެން އަތުގެ އިޝާރާތުން ކަބަޑު މަތީގައި އޮތް އަހަރެންގެ ވޮލެޓް ގެނެސްދޭށޭ ބުނީމެވެ. ބޯ އެ ވޮލެޓް ގެނެސްދިނުމުގެ ބަދަލުގައި ވޮލެޓް ހުޅުވާލާފައި އެއިން 500ރ. ނެގުމަށް ފަހު އޭނާ މަސައްކަތް ފެށި އެވެ. އޭނާ ވަރަށް ދޮނެވެ. ހަށިގަނޑު ވެސް ވަރަށް ތުންޏެވެ. ޝިކާރަމަތީ ކުއްތާއެއްގެ ބަނޑު ފަދަ އެ ހަށިގަނޑުގެ އަހަރެންގެ ގައި މައްޗަށް ލަންބައި ވައްޓައިލި އެވެ. އަހަރެން ގައިމަތީން މި ތަމްސީލުވާ މަންޒަރާއި ގުޅިފައިވާ ގޮޅިތަކުގައި އަންހެނުނާއި ފިރިހެނުންގެ ފަރާތުން އުފެދެމުން ދިޔަ އަޑުތައް ވެސް އެވަގުތު އިވެމުން ދިޔަ އެވެ.
މާ ގިނަ އިރެއް ނުވާނެ އެވެ. އަހަރެންގެ ލޯ ހުޅުވިއްޖެ އެވެ. "ފުދިއްޖެއޭ" ވެސް އަހަނަންނަށް ބުނެވިއްޖެ އެވެ. ދޮގެއް ނުހަދަމެވެ. އަހަންނަށް އެހެން ބުނެވުނީ އިހުތިޔާރާއި ނުލަ އެވެ. ފާހާނާ އަށް ވަނުމަށް ފަހު، ބޯގެ ހަރަކާތްތަކަށް ނުބަލައި "ތެންކިޔޫ" އޭ ބުނެފައި ނައްޓައިލަން ނިންމީ އެވެ. ނުކުންނަމުން އަހަރެންގެ ހިތަށް އެރިއެވެ. މި ނުކުންނަނީ ނާސިގެއަކަށް ވަދެފަ އެވެ. ނާސިގޭގެ ޖިންސީ އަރާމުގެ ތެރޭގައި އަހަރެންފަދަ ކިތަންމެ މީހަކު މިވަގުތު ވެސް ގެނބި ޣަރަގުވެފައި އެބަތިއްބެވެ. އަހަރެން މި ނުކުތީ އެތަންތަނާއި ކަންކަން ލޮލުންދެކެ އަތުން ހިފައި ހެއްކަށް ފުދޭނެ ވީޑިއޯއާ ވެސް އެކުގަ އެވެ. މިއަކު އަހަރެންވެސް އިސްތިސްނާއެއް ނުކުރަމެވެ.