03 Sep 2016, 09:00
ސޯނަމް ކަޕޫރު ހޮލީވުޑް ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
ސޯނަމް ހޮލީވުޑް ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ވާހަކަތައް ދެކެވެން ފެށީ، ހޮލީވުޑްގެ ޓެލެންޓު އޭޖެންސީ ޔޫޓީއޭ އާއެކު އޭނާ އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ.
ސޯނަމް މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އޭނާ އެއްވެސް ފިލްމަކަށް ސޮއިކޮށްފައި ނުވާ ކަމަށާއި އެއްވެސް ފިލްމެއްގެ ހުށަހެޅުން ވެސް ލިބިފައި ނުވާ ކަމަށެވެ.
ޔޫޓީއޭ އަކީ ކްރިސް ބްރައުން، އަންޖެލީނާ ޖޯލީ، ޑެނިއަލް ރެޑްކްލިފް، ޗޭނިން ޓޭޓަމް، ކާންޔޭ ވެސްޓް ފަދަ ތަރިންގެ މަސައްކަތްތައް ވެސް ބަލަހައްޓާ އެޖެންސީ އެވެ.
ހޮލީވުޑުގައި މަސައްކަތް ކުރާ ބޮލީވުޑްގެ ތަރިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްރާ ގުޅިފައި ވަނީ ޑަބްލިއުއެމްއީ އާ އެވެ. އަދި ދީޕިކާ ޕަދުކޯން ސޮއިކޮށްފައި ވަނީ ސީއޭއޭ އާއެކު އެވެ.