02 Sep 2016, 17:09
ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "އޭ ދިލް ހޭ މުޝްކިލް"ގައި އައިޝްވާރްޔާ ރާއި ބައްޗަން އަދި ރަންބީރު ކަޕޫރުގެ ގައިގޯޅި މަންޒަރުތަކެއް ހިމެނޭތީ، އަމީތާބް ބައްޗަން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.
އެ ފިލްމުގެ ޓީޒަރ މިހާރު ރިލީޒް ކޮށްފައި ވާއިރު، އައިޝްވާރްޔާ އަދި ރަންބީރުގެ ގައިގޯޅި މަންޒަރުތަކެއް ހިމެނެއެވެ. އަދި ދެ މީހުންގެ ކެމިސްޓްރީ ވެސް ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.
ގިނަ ބަޔަކަށް ޓީޒަރ ކަމުދިޔަ ނަމަވެސް، އައިޝްވާރްޔާގެ ބަފާބެ، އަމީތާބަށް ޓީޒަރ އެއްގޮތަކަށް ވެސް ކަމުނުދިޔަ ކަމަށް ޚަބަރުތައް ބުނެއެވެ.
ޚަބަރުތައް ބުނާ ގޮތުން، އެ ފިލްމުގެ ބައެއް މަންޒަރުތައް އުނި ކުރުމަށް އަމީތާބް ވަނީ މީގެ ކުރިން ވެސް ކަރަން ޖޯހަރުގެ ކިބައިން އެދިފައެވެ. އަދި އަމީތާބްގެ އެދުމަށް ފިލްމުގެ މަންޒަރެއް އުނިކޮށްފައި ވާކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ނަމަވެސް ޓީޒަރ ރިލީޒްވި އިރު، އޭގައި ވެސް އަމީތާބް ހިތްހަމަ ނުޖެހޭ މަންޒަރުތައް ހިމެނޭތީ އެ މަންޒަރުތައް އުނިކުރަން ވެސް އަމީތާބް މިހާރު އެދިފައިވާ ކަމަށްވެއެވެ.
ޓީޒަރ އަށްފަހު އައިޝްވާރްޔާ އަދި އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން އާ ދެމެދު ވެސް ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އަބީޝެކް ވަނީ ފިލްމުގެ ޓީޒަރ ސޯޝަލް މީޑިއާގައި ޝެއަރ ވެސް ކޮށްފައެވެ.
"ބައްޗަން ޕަރީވާރް" އަކީ އަންހެނުންގެ ކެރިއަރަށް ބާރުފޯރުވާ ކަމަށް ނަންވެފައިވާ އާއިލާ އެކެވެ. އަމީތާބްގެ އަންހެނުން ޖަޔާ ބައްޗަން ވެސް ކައިވެންޏަށް ފަހު ފިލްމީ ދާއިރާއާ ވަރަށް ބޮޑަށް ވަނީ ދުރުވެފައެވެ.
"އޭ ދިލްހޭ މުޝްކިލް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.