އިންޓަނޭޝަލަން ފެޑަރޭޝަން އޮފް ޖާނަލިސްޓްސް ]އައިއެފްޖޭ[ އިން ދޫކުރާ އިންޓަނޭޝަލް ޕްރެސް ކާޑު ބޭނުންވާ ނޫސްވެރިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޖޭއޭ އިން ބުނީ އައިއެފްޖޭ އިން ކާޑު ހެދުމަށް ފީއެއް ނަގާތީ، އައިއެފްޖޭ އިންޓަނޭޝަނަލް ޕްރެސް ކާޑު ހެދުމަށް 50 ޑޮލަރުގެ ފީއެއް ނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އައިއެފްޖޭ އިންޓަނޭޝަނަލް ޕްރެސް ކާޑަކީ، އައިއެފްޖޭގެ މެންބަރު 100 ގައުމުގެ އިތުރުން، ބައިނަލްއަޤުވާމީ ގޮތުން ޤަބޫލު ކުރާ ކާޑެކެވެ.

މިކާޑު ދިވެހި ނޫސްވެރިންނަށް ދިނުމަށް ހަމަޖެހިފައި ވަނީ، އެމްޖޭއޭ އިން ބަލާ މިންގަނޑުތަކަށް ފެތޭ ނޫސްވެރިންނަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ އައިއެފްޖޭ ޕްރެސް ކާޑަށް އެދޭ ފޯމު އެ ޖަމިއްޔާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.