02 Sep 2016, 13:14
މަޝްހޫރު ފަންނާނުންގެ ނެށުމުގެ ހުނަރު ދައްކާލުމަށް ކުރިއަށް ގެންދާ "ޖަލަކް ދިކްލާޖާ"ގެ ނުވަ ވަނަ ސީޒަންގެ ޝޫޓިންގ ގެ މަސައްކަތް، ބޮލީވުޑްގެ ކާމިޔާބު ކޮރިއޮގްރާފަރ އަދި ޑައިރެކްޓަރ ފަރާ ޚާން ފަށައިފިއެވެ.
ފަރާ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އަންހެން ޑައިރެކްޓަރެވެ. ފަރާ ޖަލަކް ދިކްލާޖާއަށް އެނބުރި އައިސްފައި މިވަނީ 10 އަހަރު ފަހުންނެވެ.
ދެހާސް ހަ ވަނަ އަހަރު ފެށި ޖަލަކް ދިކްލާޖާގެ ފުރަތަމަ ސީޒަންގައި ފަރާ ވަނީ ޖަޖެއްގެ ގޮތުން ބައިވެރިވެފައެވެ. ނަމަވެސް އޭގެ ފަހުން ފަރާ ވަނީ އެ ޝޯވ އާ ދުރަށް ގޮސްފައެވެ.
ގިނަ އަހަރު ތަކެއް ވަންދެން ޝޯވ އާ ދުރުގައި ހުރި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް، ޝޯވއަށް އެނބުރި އާދެވުމުން އުފާވާ ކަމަށް ފަރާ ވަނީ ބުނެފައެވެ.
ކަލާރސް ޓީވީ އިން ގެނެސްދޭ "ޖަލަކް ދިކްލާޖާ"ގެ ކުރިއަށް އޮތް ސީޒަނުގައި ފަރާ ބައިވެރިވާނީ ހަތަރު ވަނަ ޖަޖުގެ ގޮތުގައެވެ. އޭނާ އާއެކު ދެން ފަނޑިޔާރުންގެ ޕެނަލުގައި ތިބޭނީ ކަރަން ޖޯހަރު، ޖެކޮލިން ފާނަންޑޭޒް، އަދި ގަނޭޝް ހެޖް އެވެ.