01 Jun 2011, 15:16
ގުރުއަތުން އަހަންނަށް ލައްވާލީ "އައިޓަމްސް" ފިހާރަ ކައިރީގައި ހުންނަ މަސާޖް ޕާލާ އެވެ. އެ ގޭގެ ލިފްޓު ކައިރީގައި ހިއްޕާފައިވާ ބޯޑު ބުނާ ގޮތުން އެއީ ބިއުޓީ ސެލޫނެކެވެ. އެތަން ހުންނަނީ އުސް އެ އިމާރާތުގެ ހަތަރު ވަނަ ބުރީގަ އެވެ. ފިޔާތޮށި ކުލައިގެ އެ ނަން ބޯޑު ފެނުމުން ވެސް މިއީ ވަރެއްގެ ތަނެއްކަން އަހަންނަށް އެނގުނެވެ.
ވަންނަން ނުކެރި ލިފްޓު ކައިރީގައި އެނބުރެނިކޮށް ގާތްގަނޑަކަށް 60 އަހަރުގެ މުސްކުޅިއަކު އެތަނަށް އަ އެވެ. ކުޑައެއް ވިއްދައިގެން ހިނގާ އެ މުސްކުޅި މީހާގެ ރައްޓެއްސަކާ ދެ މީހުން ލިފްޓަށް އެރުމުން އަހަރެން ވެސް އެ މީޙުންގެ ކިބައިން ހިތްވަރު ލިބިގަނެގެން ލިފްޓަށް އަރައިފީމެވެ. އެ ދެ މީހުން ވެސް އޮއްބާލީ ހަތަރު ވަނަ ފިތަށެވެ. ސެލޫނަށް ހިދުމަތް ހޯދަންދާ މީހުން ތިބި ގޮތުން މި ކުރެވެނީ ރަނގަޅު ކަމެއްބާވައޭ ހިތަށް އެރި އެވެ. ކަސްޓަމަރުން ތިބި ގޮތުން ސާވިސް ދޭން ތިބޭނެ ކުދިންގެ ހާލާ މެދު ވެސް ވިސްނާލެވުނެވެ.
އެ ބުނާ ސެލޫންގެ ދޮރު ހުޅުވާލުމާއެކު އެއްކަލަ މުސްކުޅި މީހާ އާއި އޭނާގެ ރަހުމަތްތެރިޔާ ވަނީ ވައަތް ފަރާތުގައި ހުރި ދޮރަކުންނެވެ. ހީވާ ގޮތުން އެއީ ރެގިއުލާ ކަސްޓަމަރުންނެވެ. އޭރު އެތާނގެ ތެރޭގައި ޒުވާން އަންހެން ކުދިންތަކެއް ހީ ސަމާސާ ކުރަމުންދެ އެވެ. އަހަންނާއެކު އައި ދެމުސްކުޅިން ނޫނަސް އެއުމުރުގެ މީހުން އެތާނގެ ތެރޭގައި ތިއްބެވެ. ދެން ތިބީ އެތަނުގެ މުވައްޒަފުން ތޯއްޗެކެވެ. އެމީހުން އުޅުނު ގޮތުން އަހަރެންގެ ހިތަށް އެހެން އެއްޗެއްވެސް އެވަގުތު އެރި އެވެ. އެއީ މި މުސްކުޅިން، އެމީހުންނަށް ލިބޭ 2000ރ. ތަޅައި ބުރުއްސާލަނީ މިކަމަށްތާ އެވެ.
އެމީހުން ތިބި ކޮޓަރިން ވައަތަށް އިތުރު ހަތަރު ކޮޓަރި ހުއްޓެވެ. އަހަރެން ދިޔަ ގޮތަށް ގޮސް ޖައްސާލީ ކައުންޓަރު ކުރިމަތީގައި ހުރި ގޮނޑީގަ އެވެ. ރަނގަޅު ފެންވަރަކަށް ހަދައި ސޯފާ ވެސް ބަހައްޓާފައި ހުރި ސެލޫންގެ ކައުންޓަރުގައި އިނީ ބިދޭސީ އަންހެނެކެވެ. ސަރުކާރުގެ އިދާރާއަކުން ދީފައިވާ ހުއްދައެއް އެއިން ހިސާބަކު ފެންނާކަށް ނެތެވެ.
އަހަރެން ގޮނޑީގައި އިށީނުމާ އެކު އޭނާ ދައްކާލީ އަންހެން ކުދިންތަކެއްގެ ފޮޓޯ އާއި ނަން ޖަހާފައި ހުރި ބޮޑު ލިސްޓެކެވެ. އެއީ ކޮން ކޮން އެއްޗެއްތޯ އަހާލުމުން ކައުންޓަރުގައި އިން ކުއްޖާ އިނގިރޭސިން ބުނީ އެއީ މިތަނުގައި މަސައްކަތް ކުރާ "ބިއުޓީޝަނުން"ގެ ލިސްޓު ކަމަށެވެ. ދިވެއްސެއްގެ ފޮޓޯ އާއި ނަން ވެސް އެ ލިސްޓުގައި އޮތެވެ. ޖުމްލަ 13 "ބިއުޓީޝަނުން" ތަރުތީބުކޮށްފައިވާ އެ ލިސްޓަށް ވަރަށް ރަނގަޅަށް ބެލުމަށް ފަހު އަހަރެން ނެގީ "ސޯފިޔާ" އެވެ. އޭނާ ފުދޭ ވަރަކަށް ކަމުދެ އެވެ. ނޫން ސޯފިޔާ އަކީ ހަމަ ރީތި އަންހެނެކެވެ.
އަހަރެން ބޭނުންވަނީ ސޯފިޔާ ކަމަށް ބުނުމުން ސެލޫނުން ދޭ ހިދުމަތްތައް، ކައުންޓަރުން ކިޔައިދޭން ފެށި އެވެ. އަހަރެން ނެގީ 400ރ. ގެ ޕެކޭޖެވެ. އެއް ގަޑިއިރުގެ އެ ޕެކޭޖްގައި ފުލް ބޮޑީ މަސާޖަކާއި ފޭޝަލްއެއް ހަދައިދިނުން ވެސް ހިމެނެ އެވެ. ފައިސާ ދެއްކުމުން ކައުންޓަރުން ބުނީ ފޯނު ދިނުމަށެވެ. ކީއްވެތޯ ސުވާލު ކުރުމުން ބުނީ އެއީ ސެލޫންގެ ގަވާއިދު ކަމަށެވެ.
ކޮންމެއަކަސް ކައުންޓަރުން އަހަރެންގެ ފޯނު އަތުލުމަށް ފަހު "ސޯފީ" އަށް ގޮވާލުމުން ތަބަކަކަށް ފެންތައްޓެއް ލައިގެން ސޯފިޔާ އަތުވެއްޖެ އެވެ. ހީކުރި ގޮތަށް އެއީ ހަމަ ވަރަށް ސަޅި ބިޓެކެވެ. އޭނާ އަހަރެންގެ އަތުގައި ހިފުމަށް ފަހު ފަހަތުން އައުމަށް އެދުނެވެ. ސޯފީ އަހަރެން ގެން ގޮސް ވެއްދީ ކޮރިޑޯއިން އެންމެ އެތެރޭގައި ހުރި ކޮޓަރިއަށެވެ. އެވަގުތު އަހަރެންގެ ހިތަށް އެރި އެވެ. އުމުރުން ދުވަސްވީ މީހުން އަހަންނާއެކުގައި މިއިން ކޮޓަރިއަކަށް ނުގެނައީ ކީއްވެގެން ބާވައެވެ؟ ފަހަރުގައި އެހިސާބުން އެމީހުންނަށް ފުދޭވަރުވެގެން ނުކުންނަނީ ވެސް ތޯއްޗެކެވެ. އެކަމާ އަހަރެން ގާތަށް ފިސާރި ހިނި އައެވެ. ދެން ކުރިމަތިން ހިނގާފައިދާ ސޯފީއާއާ ދިމާއަށް ބަލައިލި އިރު ބުޑުން އަށްޑިހަ އަށެއް އަޅަމުން ހުރެ ދެ އެވެ. ހަމަ ގަސްދުގައި "ހިތްކާފަރުކުރުވަން" ތެޅުވީކަން އެނގޭވަރަށް ތެޅުވި އެވެ.
ހެލްތު މިނިސްޓްރީ ގަވާއިދުގައި ބުނާ ގޮތުން އެފަދަ ތަންތަނުގެ ދޮރު ހުންނަންޖެހެނީ ތިރިންނާއި މަތިން ކޮޓަރީގެ އެތެރެ ފެންނަ ގޮތަށެވެ. އެކަމަކު މި ސެލޫން ހިންގާ މީހުންނަށް ގަވާއިދުގެ އެ ބައި ފެނުނު ހެނެއް ހިޔެއް ނުވެ އެވެ. އެކަމަކު ރަނގަޅު އެއް ތަންކޮޅު އޮތެވެ. ދޮރު ހުރީ ތަޅުލެވޭ ގޮތަކަށް ނޫނެވެ.
ކޮޓަރިއަށް ވަނުމަށް ފަހު އަހަރެން ފުރަތަމައިނުން ވެސް ބެލީ މުޅި ކޮޓަރި ސްކޭން ކޮށްލެވޭތޯ އެވެ. އެއީ ބޮޑު، ތަނަވަސް ކޮޓަރިއެކެވެ. އެއާކޮންޑިޝަން ވެސް ކޮށްފައިހުރި އިރު، ދެ އެނދު ބަހައްޓާފައި ހުއްޓެވެ. އެޓޭޗްޑް ފާހާނާ އަކާއި ލަވަ ޖަހާ ސެޓެއް ހުއްޓެވެ. ހުސް ތުވާލި އަޅާ ފުރާފައި ހުރި ބޮޑު އަލަމާރިއެއް ކަނެއްގައި ހުރިއިރު ބޮޑު ލޯގަނޑެއް ހަރުކޮށްފައި ހުރި ޑްރެސިން ޓޭބަލެއް ވެސް ކޮޓަރީގައި ހުއްޓެވެ. އަހަރެންގެ ކަޅި ހުއްޓުނީ ޑްރެސިން ޓޭބަލް މަތީގައި ހަރުކޮށްފައި ހުރި އިއުލާނަށެވެ. ދިވެހި ބަހުންނާއި އިނގިރޭސިން ވެސް ލިޔެފައި ހުރި އެ އިއުލާނުގައި ބުނެފައި އޮތީ "އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފް އެއްވެސް ކަމެއް" އެތަނުގެ އެތެރޭގައި ނުކުރުމަށެވެ. ސެލޫން ގަވާއިދާ އެއްގޮތް ކުރުމަށް ސެލޫނުން މަސައްކަތެއް ކޮށްފައި ނުވާއިރު އެ އިއުލާނަކީ ބޮޑު ޖޯކެކޭ ވެސް ހިތަށް އެރި އެވެ. ހެލްތު މިނިސްޓްރީން އިންސްޕެކްޝަނެއް ހިންގާލިއަސް އިއުލާން ހަރުކޮށްފައި ހުރި މަންޒަރު ދައްކައިގެން ބޯދަމައިގަންނަން މެނޭޖްމަންޓުން އުޅެފައިވާހެން ހީވެއެވެ.
އިއުލާނަށް ކަޅި ހުއްޓިފައި ހުއްޓާ އަހަރެން ކަހަލަ ފަސް، ހަތަރު މީހުންނަށް އެއްފަހަރާ އެރިގެން އުޅެވޭވަރުގެ ބޮޑު ސޯޓެއް ދިއްކޮށްލުމަށް ފަހު އެއްޗެހި ބަދަލު ކުރުމަށް ސޯފީ ބުންޏެވެ. އެ ސޯޓު ފެނިފައި ފުރަތަމަ އައީ ހިންޏެވެ. ދެން ހިސާބަކަށް ނެއްޓީ އެވެ. ފިސާރި ތެދެކެވެ. އެގޮލާ މަށަށް ހެޔޮވަރު ވިއްސާރަ ކޯޓަކަށް ވެސް ފުދޭވަރު ވެއެވެ. ކޮންމެއަކަސް އެ ބޮޑު ސޯޓުގެ ތެރެއަށް އަހަރެން އެރިއްޖައީމެވެ.
"މިލައިގެން ކިހެނެއް މަސާޖް ކުރަނީ،" އަހަރެން އެހީމެވެ. އޭނާ ޖަވާބެއް ނުދެ އެވެ. އެކަމަކު ސޯޓު ލުމުން އަހަރެންގެ އުނަގަނޑުގައި އަތް ޖައްސާލާފައި "ވަޓް ޑޫޔޫ ވޯންޓް" އޭ ސޯފީ އަހާލި އެވެ. އޭނާ އުޅުނީ އަހަރެންގެ ކަންތައް އެއް ފަހަރުން ނިންމާލާފައި އަވަހަށް ނެރެން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އަހަރެން ސޯފީއަކަށް އެ ފުރުސަތެއް ނުދެމެވެ. ގަދަކޮށްފައި އަހަރެން ވެސް އެހީ ސޯފީ ކޮށްދޭނީ ކޮންކަމެއް ހެއްޔޭ އެވެ. އެވަގުތު "އިންޑިޔަން ސުޕަ މަސާޖެއް" އަހަންނަށް ދޭނެ ކަމަށް ސޯފީ ބުނެފި އެވެ. އެ ބުނާ ސުޕަ މަސާޖެއްގެ ހުރި ވަރު ނިކަން ރަނގަޅަށް ބަލާލާނަމޭ އަހަރެންގެ ހިތަށް އެރި އެވެ.
އެނދުގައި އޮށޯތުމާ އެކު ސޯފީ ހެދިގޮތަކީ އަހަރެން ލައިގެން އޮތް އެއްކަލަ ބޮޑު ސޯޓުގެ ރަބަރު ފަތީގައި ހިފައި މެޔާ ހަމައަށް އަރުވާލީ އެވެ. އޭނަ އެހެން ހެދުމުން އަހަރެންގެ އުނަގަނޑުން ތިރި އޮތީ "އެއްކޮށް" ފެންނާށެވެ. އިތުރަށް ކިޔައިދޭކަށް ނުކުރޭނެ އެވެ. އަހަރެން އޮންނާނެ ހާލު އަމިއްލައަށް ހިތަށް އަރުވާލާށެވެ. ދެން ފެށީ މަސާޖެވެ. އެއޮތީވާ މަސާޖެކެވެ. ފައިން ފެށިގެން އުނަގަނޑާ ހަމައަށް ސޯފީގެ އަތް އަހަރެންގެ ހަށިގަނޑުގައި ހާކަމުންދިޔައިރު، އަހަރެން އެންމެ ބޭނުން ނުވާ ދިމާލުގައި ވެސް އޭނާގެ އަތް އުނގުޅެމުންދިޔަ އެވެ. "ހެޔޮނުވާނޭ ތިގޮތަށް މަސާޖު ނުކުރާށޭ" ބުނަން އަނގަ ވެސް ހުޅުވާލީމެވެ. އެކަމަކު ސޯފީގެ އިނގިލިތައް ސޯޓުން އެތެރެ ނުވާތީ ކެތްކޮށްލައިގެން އޮތީ އެވެ. އޭރު ހިސާބަކަށް އަހަންނަށް އޮވެވުނީ ސުޕަ މަސާޖުގެ ޖާދޫގައި ޖެހިފަ އެވެ.
ވަރުގަދަ ސުޕަ މަސާޖް ކުރިއަށް ދިޔައިރު ސޯފީއާ އަހަންނާ ދެ މީހުން ގާތް ރަހުމަތްތެރިންނަށް ވެއްޖެ އެވެ. ސޯފީގެ ލައިފް ސްޓޯރީ އެއްކޮށްހެން އަހަންނަށް ކިޔައިދިނެވެ. އޭނާ ބުނާ ގޮތުން އޭނާއަށް 32 އަހަރެވެ. އުފަންވީ އިންޑިޔާގެ މުމްބާއީއަށެވެ. މަސާޖު ކުރަން ދަސްކުރީ އެތަނުން ކަމަށް ސޯފީ ބުންޏެވެ. ރާއްޖެ އައީ ގިނަ ފައިސާ ހޯދާށެވެ. ފިރިމީހާ ވަރިކޮށްފައި ހުރުމުން ދެމަފިރިންނަށް ލިބިފައި ހުރި ދެ ކުދިންނަށް ހަރަދު ކުރަނީ އޭނާގެ މަސައްކަތުން ކަމަށް ވެސް ސޯފީ ބުންޏެވެ. އެކަމަކު ސޯފީގެ ވާހަކައިން އެނގުނީ އޭނާ އަބަދު "ބިއުޓީޝަނެއް"ގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންނުވާ ކަމެވެ. ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިޔާއަށް ފުރަން އުޅޭ ކަމުގެ އިޝާރަތެއް ވެސް ދިނެވެ.
ވާހަކަ އޮލަވަމުން ގޮސް އަހަރެންގެ ގެއަށް އޭނާ ހިނގައިދާނެ ކަމަށް ވެސް ބުނެފި އެވެ. އަހަރެން އަހައިގެނެއް ވެސް ނޫނެވެ. ހަމަ ރައްޓެއްސެއްގެ ގޮތުގައި ޖައްސާލަނީ ޔޯލަ އެވެ. ފޯނު ނަންބަރު ވެސް ދޭނަމޭ ބުންޏެވެ. މާލޭގައި އެއްވެސް ރައްޓެއްސަކު ނޫޅޭ ވާހަކަ އާއި ލޯބީގެ ގޮތުން ވެސް އެއްވެސް މީހަކާ ނުގުޅޭ ވާހަކަ ސޯފީ އަހަންނަށް ކިޔައިދިނެވެ. ސޯފީ އަމިއްލައަށް އިސްނެގުމުން ކުކުޅު ހަދައިފަ ގެއަށް އައުމަށް ދައުވަތު ދޭން ގުޅާނެ ކަމަށް އަހަރެން ވެސް ބުނީމެވެ.
ސޯފީ ބުނި އިންޑިޔަން ސުޕަ މަސާޖު އަސްލު ފެށުނީ މިހިސާބުންނެވެ. މިއީ އިންޑިއަން ސުޕަ މަސާޖުގެ ޖިންސީ ބަ އެވެ. މިއޮތީ ފެށިފަ އެވެ. މަސާޖުކޮށް ނިމުމުން އޭނާ އަހަރެންގެ އެތަން މަސާޖް ކުރަން ބޭނުން ހެއްޔޭ އެހި އެވެ. އެއީ ވެސް ކޮށްދޭ ކަމެއްތޯ އަހަރެން އެހީމެވެ. އަދި އެތަން މަސާޖް ކުރުމުގެ އިތުރުން ދެން ކުރަނީ ކީއްތޯ ވެސް ސުވާލު ކުރީމެވެ. ސޯފީ ވެސް އަހަންނާ ކުރީ ސުވާލެވެ. ބޭނުންވަނީ ކޮން ކަމެއްހެއްޔޭ އެވެ. "އަތުން" ނުވަތަ "އަނގައިން" ވެސް ހިދުމަތް ދެވިދާނެ ކަމަށް ބުންޏެވެ. އަހަރެން ބުނީ ތިއިން އެއްވެސް ކަމެއް ބޭނުންނުވާ ކަމަށެވެ. އަހަރެން އަމާޒު ބެހެއްޓީ "ބޮޑު މަންޒަރަށެވެ". ބޭނުންވީ ރަނގަޅަށް ދާހިއްލާ ފޯވެވޭތޯވެސް ޓެސްޓްކޮށްލާށެވެ.
ސޯފީ ބުނީ "އޯކޭ" ކަމަށެވެ. އޭނާ އަހަންނަށް ދިން މަސާޖަކީ ހަމަ "އޮބި" މަސާޖެކެވެ. އަހަރެން ޔަގީން ކުރަން ބޭނުންވި ހިސާބަށް ދެވުނެވެ. އެކަމަކު ކައުންޓަރަށް ދެއްކި 400ރ. ގެ އިތުރުން 200ރ. އަތުން ދުއްވާލަން ޖެހުނެވެ. ބޮޑުމަންޒަރުގެ ނިމުން ލަސްވެގެން ސޯފީ ވަރަށް ރުޅިގަދަވި އެވެ. އޭނާ ބުނާ ގޮތުން އަހަރެން މާ ލަސްވަނީ އެވެ. ވާނީ ވެސް އެހެންތާ އެވެ. އަހަރެންގެ ހިތަށް އަރަމުންދިޔައީ މި އާޓިކަލް ލިޔާނެ ގޮތަކާމެދު ވިއްޔާ އެވެ. ސޯފީގެ ސުޕަ މަސާޖް ނިންމާފައި އަހަންނަށް ސެލޫނުން ނުކުމެވުނުއިރު ބަރާބަރު ގަޑިއެއްގެ އިރު ވެއްޖެ އެވެ.
ކައުންޓަރުން ފޯނު އަތުލި އިރު އަހަންނާ އެކު މި މިޝަންއަށް ނުކުތް ސަންގެ ޓީމުގެ އެހެން ނޫސްވެރިން ވަރަށް ގުޅާފައި އޮތެވެ. ޓީމުގެ އިސް ނޫސްވެރިޔާ އޮތީ މެސެޖެއް ވެސް ކޮށްފަ އެވެ. ހަމައެކަނި ބުނެލާފައި އޮތީ "މިޝަން ސަކްސެސްފުލް،" ކަމަށެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އައީ އަހަރެން ބޮސް އެއްދުވަހަކު އަރެންގާތުގައި އެހި، އަދި އަހަރެން ޖަވާބު ނުދީ އޮތް ސުވާލެކެވެ. ބޮސް އަހަރެން ގާތުގައި އެއް ދުވަހަކު އެއްސެވެ. ދުވަހަކުވެސް އެކަހަލަ ކަމެއް ކުރިން ހެއްޔެވެ؟ އެދުވަހު އަހަރެން ހަމައެކަނި ހީލީ އެވެ. މިފަހަރު އަހަރެން އެސްއެމްއެސްއަކުން ރިޕްލައިކޮށްލީ އެ ސުވާލުގެ ޖަވާބާވެސް އެކު "މީ ޓޫ" އޭ ޖަހާލުމަށް ފަހު އެވެ.