އިސްލާމްއާބާދު(ސެޕްޓެމްބަރު 1): ބޯއިން 777 މަރުކާގެ ދެ ފްލައިޓެއް އެއްފަހަރާ އުދުއްސި ފުރަތަމަ އަންހެން ދެބެއިންނަށް ޕާކިސްތާނުގެ ދެޕައިލެޓުން ވެއްޖެއެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގައި މަސައްކަތް ކުރާ ދެ ޕައިލެޓުން ކަމަށްވާ މަރިޔަމް މަސްއޫދު އާއި އިރަމް މަސްއޫދު ވަނީ ތަފާތު ބޯޓުތައް މީގެ ކުރިން ދުއްވާފައި ކަމަށާއި ނަމަވެސް ދެބެއިންނަށް އެއްފަހަރާ ބޯއިން 777 މަރުކާގެ ފްލައިޓް ދުއްވަން ފުރުސަތު ލިބުނީ އިރަމް އަށް ޕްރޮމޯޝަނެއް ލިބުމުން ކަމަށް ޕީއައިއޭއިން ބުންޏެވެ.

"އަންހެން ދެބެއިން އެއްފަހަރާ އެފަދަ ދެބޯޓެއް މީގެ ކުރިން ދުއްވާފައިވާ ކަމުގެ ރިކޯޑެއް ނެތް،" ޕީއައިއޭގެ ތަރުޖަމާނު ދަންޔާލް ގިލާނީ ވިދާޅުވިއެވެ.

ގިލާނީ ވިދާޅުވި ގޮތުގައި އެ ދެބެއިންނަކީ ވެސް ފަސްޓް އޮފިސަރުންނެވެ. އަދި ދެމީހުން އާއްމުކޮށް ދުއްވަނީ ތަފާތު ބޯޓުތައް ނަމަވެސް، މިހާރު އެ ދެބެއިން ވަނީ ބޯއިން 777 މަރުކާގެ ބޯޓުތައް އެއްފަހަރާ ދުއްވާފައެވެ.

ދެއިންޖީނުލީ، ދުނިޔޭގެ އެންމެ ބޮޑު ޕެސެންޖާ އެއާލައިން ކަމަށްވާ ބޯއިން 777 އިން 450 ފަސިންޖަރުންނަށް ދަތުރު ކުރެވެއެވެ. (އިންޑެޕެންޑެންޓް)