ޒުލް ހިއްޖާ މަހުގެ ހަދު ފެނިފައި ނުވާތީ، މި އަހަރުގެ އަޟްހާ އީދުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 12 ވަނަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާގެ މަތީ ޖުޑީޝަރީ ކައުންސިލުން ބުނެފި އެވެ.

އެހެންކަމުން ޒުލް ހިއްޖާ މަހުގެ ފުރަތަމަ ދުވަހަށް ވާނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ހޮނިހިރު ދުވަހެވެ. އަދި ސެޕްޓެމްބަރު 11 ވަނަ ދުވަސް ވާނީ އަރަފާތު ދުވަހަށެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ޑެއިލީ އިނގިރޭސި ނޫހެއް ކަމަށްވާ ހަލީޖް ޓައިމްސް އިން ބުނީ، ޔޫއޭއީގެ އޮފިޝަލުން ވެސް ޒުލް ހިއްޖާ މަހުގެ ހަނދު ފެނިފައިނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.