ނިއު ޒީލޭންޑުގެ އައްސޭރި ފަށަށް 7.1 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފި އެވެ.

އެބިންހެލުން އައިސްފައި ވަނީ ނިއު ޒީލޭންޑުގެ ގިސްބަންގެ އިރުއުތުރުން 169 ކިލޯމީޓަރު ދުރުން، 30.7 ކިލޯމީޓަރު އަޑިން ކަމަށް ޔޫއެސްޖީއެސް އިން ބުންޏެވެ.

އެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އެރުމުގެ ނުރައްކަލެއް ނެތް ކަމަށް ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުންޏެވެ. އަދި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިިބިފައި ނުވާ ކަމަށް ނިއު ޒީލޭންޑުގެ މީޑިއާތަކުން ބުންޏެވެ. (އާރުޓީ)