ޕްރައިވެޓް ކޮލޭޖު، ސައިރިކްސްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފަރާތުން މުޖުތަމައުގެ އެކިއެކި ކަންކަމުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދިނުމަށް ކޯއެއް އުފައްދައިފި އެވެ.

ސައިރެކްސް ކޮލެޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮލެޖުގައި ރޭ ބޭއްވި ހަފްލާއެއްގައި އެ ކޯ އިފްތިތާހުކޮށް ދެއްވީ އެ ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފު ކަމަށެވެ.

އެ ބަޔާނުގައި ބުނީ އެ ކޮލެޖުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ އިތުރަށް މުސްކުޅި ދަރިވަރުންނާއި މުވައްޒަފުންނާއި ލެކުޗަރާ އިން ނާއި މުވައްޒަފުންނަށް ވެސް އެ ކޯގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އެ ކޯގެ ފަރާތުން މުޖުތަމައުގެ ލާބަޔާއި މަންފާ އަށް ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް ބުންޏެވެ.

އެ ކޮލެޖުން ބުނީ އެ ކޮލެޖަށް 23 އަހަރުވުމާ ގުޅިގެން ވެސް ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން "ޓެކްނޮލެޖީ އެންމެންނަށް" ނަމުގައި މާދަމާ ހަރަކާތެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.