01 Sep 2016, 16:22
ބަންގްލަދޭޝް އިން ރާއްޖެއައި މީހެއްގެ އަތުން 944 ގްރާމުގެ ކެނަބިސް އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، މިދިޔަ މަހު 26 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި އެ ބަނގުލަދޭސް ފިރިހެން މީހާ އަތުން މަސްތުވާތަކެތި ފެނިފައިވަނީ ފޮށިތަންމަތީގައި ރައްކާކޮށްފައި ހުއްޓާ ކަމަށެވެ.
"އެއާޕޯޓްގެ ޕެސެންޖަރުން ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ފޮށިތަންމަތިން 944 ގްރާމް މަސްތުވާތަކެތިވަނީ ފެނިފައި. އަދި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފަައި،" ކަސްޓަމްއިން ބުންޏެވެ.
މަސްތުވާތަކެތި ގެނައި ކަމަށް ތުހުމަތު ކުރެވޭ މީހާ މިވަގުތު ހުރީ ފުލުހުންގެ ބަންދުގައެވެ.
މަސައްކަތު މީހުންގެ ގޮތުގައި އެތައް ހާސް ބިދޭސީންނެއް ރާއްޖޭގައި މަސައްކަތްކުރާއިރު އެތައް ބަޔަކު ދަނީ ކުށްތަކަށް އަރައިގަންނަމުންނެވެ. ބަދުއަހުލާގީ މައްސަލަތަކާއި މަސްތުވާތަކެތީގެ އިތުރުން މާރާމާރީގެ މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ގިނައެވެ.