01 Sep 2016, 14:45
ކާލޯ އެންޗެލޯޓީއާ އެކު އިޓަލީގެ ޔުވެންޓަސްގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ތަޖުރިބާކާރު ޕްރޮފެސަރު ޖެންސް ބެންގްސްބޯ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދިރާސާ ކުރުމަށް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގް(ޓޮމް) މީގެ ކުރިން ވިދާޅުވީ، ބެންގްސްބޯ ރާއްޖެ ގެނައުމަށް ނިންމީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިހާރު ރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވަނީ ކޮންކޮން މައްސަލަތަކެއްތޯ ބަލައި ދިރާސާ ކުރުމަށް ކަމަށެވެ.
Prof. Jens Bangsbo has arrived today. He will analyse Maldivian football and provide outcomes and way forwardpic.twitter.com/jMvMiDBXl0
— Maldives FA (@MaldivesFA)September 1, 2016
"އޭނާގެ މަސައްކަތަކަށް ވާނީ ރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވާ މައިގަނޑު މައްސަލަތައް ހޯދުން. އެއަށް ފަހު އަޅުގަނޑުމެން ރަނގަޅު ބިންގަލެއްގެ މަތީގައި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ފަށްޓާނަން،" ޓޮމް ވިދާޅުވި އެވެ.
ޓޮމް ވިދާޅުވީ ޑެންމާކުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި ބެންގްސްބޯ މިރޭ ގައުމީ ޓީމް ބަންގާޅު ޓީމާ ދެކޮޅަށް ކުޅޭ ބައިނަލްގްވާމީ އެކުވެރި ކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ ހަ ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލައި ދިރާސާކުރާނެ ކަމަށެވެ.
ކުޅިވަރާއި ސައިންސްގެ ދާއިރާއިން ޑެންމާކްގެ ޔުނިވަސިޓީ އޮފް ކޯޕަންހޭގަން އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޕްރޮފެސަރު ޖެންސް ބެންގްސްބޯ ވަނީ ޔުވެންޓަސްގެ އިތުރުން އޭނާގެ އުފަން ގައުމު ޑެންމާކްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.