ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެޓްރީގެ މަގާމުގައި ހުންނެވި މ. ފުންފުނި، މުހައްމަދު ނަސީރު އެ އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ ހަމަޖެއްސެވީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ އެ މަގާމަށް ހަމަޖެއްސެވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.

ނަސީރަކީ ހާރިޖިއްޔާގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.