01 Sep 2016, 08:41
މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ ބޮލީވުޑްގެ އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ، ކެލިފޯނިއާގެެ ލޮސް އެންޖެލެސް އަށް އޭނާގެ ދިރިއުޅުން ބަދަލު ކުރަން އުޅޭ ވާހަކައެވެ.
ނަމަވެސް ޕްރިޔަންކާ މިވަނީ އެކަން ދޮގުކޮށްފައެވެ. ޓުވިޓާ މެދުވެރިކޮށް ޕްރިޔަންކާ ބުނެފައި ވަނީ އޭނާ ލޮސް އެންޖެލެސްއަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށެވެ.
"އަހަރެން ކުއަންޓިކޯގެ މަސައްކަތް މި ކުރަނީ ނިއު ޔޯކް ސިޓީގައި. އަހަރެންގެ ގެއަކީ މުމްބާއި. ފޮޓޯގައި އެލްއޭ ނުވެސް ނެތް،" ޕްރިޔަންކާ ބުންޏެވެ.
ލަވަކިޔުމުގެ ތެރެއިން އިންޓަނޭޝަނަލް ކެރިއަރު ފެށި ޕްރިޔަންކާ މިހާރު ވަނީ ކުއާންޓިކޯގެ ފުރަތަމަ ސީޒަން ކާމިޔާބު ކަމާއެކު ނިންމާލައިފައެވެ. އަދި މިހާރު ދެވަނަ ސީޒަންގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފިލްމު، "ބޭވޮޗް" ވެސް އަންނަ އަހަރު ރިލީޒް ކުރެވިގެންދާނެއެވެ.