31 Aug 2016, 18:09
އިންޓަގްރޭޓެޑް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރުމަށްޓަކައި، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުން މި މަހު އުފެއްދި ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަނު ކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓުތަކެއްގައި ވާ ގޮތުން،މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބޯޑަށް އައްޔަނު ކުރެއްވީ:
ޗެއާޕާސަން:
ފާތިމަތު ރިޝްފާ، ހ. ހޭޒަލް، މާލެ.- މެނޭޖިންގ ޑިރެކްޓަރ:މުހައްމަދު ޝާހިދު، މ. ކަނަމަނަ، މާލެ.
- ބޯޑު މެމްބަރު:ޝަކީބާ ހުސައިން، ލުކިންގް ގްލާސް، ގދ. ތިނަދޫ.
- ބޯޑު މެމްބަރު:މަންސޫރު ޒުބައިރު، ކޮތަންމާގެ، ސ. ހިތަދޫ.
- ބޯޑު މެމްބަރު:ފާތިމަތު ސޮބާހާ، އަރާއިރު، ލ. ފޮނަދޫ.
ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ރައީސް ޔާމީން ކުންފުންޏެއް އުފެއްދެވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
މި ކުންފުނި އުފެއްދެވުމުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުން މުޖްތަމައަށް ކުރާ މަންފާ ފުޅާ ކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސީދާ ގޮތުން ބައިވެރިވުމަށް މިހާރަށް ވުރެ ބޮޑަށް މަގުފަހިކޮށްދިނުން ވެސް މި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި ހަމަ އެއާ އެކު ސަރުކާރުން ތައާރަފުކޮށްފައިވާ މެދުފަންތީގެ ފަތުރުވެރިކަން ކަމުގައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މަޝްރޫއު ދިވެހިރާއްޖެއަށް ތައާރަފު ކުރުން ވެސް މި ކުންފުނީގެ މަގްސަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުން ވަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް މިހާރުވެސް އިއުލާން ކޮށްފައެވެ.
އޭގެ ތެރޭގައި މަޝްރޫއާއި މަޝްރޫއު ހިމެނެއެވެ.
އިންޓަގްރޭޓެޑް ރިސޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކީ، ޓޫރިސްޓު ރިސޯޓެއް ހިންގުމުގައި، އެތަނުން ދޭ އެކިއެކި ޚިދުމަތްތައް، ކުދި އަދި މެދު ފަންތީގެ ތަފާތު ވިޔަފާރިތަކުން ފޯރުކޮށްދޭ ގޮތަށް ހިންގޭ ރިސޯޓެކެވެ. ކޮށްދެއްވީ 2014 ވަނަ އަހަރުގެ ޖޫން މަހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އެ ކޮންސެޕްޓަށް ލ. ތުނބުރި އަދި ލ. ހުޅިޔަންދޫގައި ގެސްޓްހައުސް ރިސޯޓެއް ތަރައްގީ ކުރުމަށް އޭރު އިއުލާން ކުރި ނަމަވެސް، އެ މަޝްރޫއުގެ ލޮކޭޝަން މިދިޔަ އަހަރު އައްޑޫ ސިޓީގެ އިސްމެހެލާ ހެރައަށް ބަދަލު ކުރެވިގެން ދިޔައެވެ.