31 Aug 2016, 15:45
ޑަބްލިން (އޮގަސްޓް 31): އެޓްލާންޓިކް ކަނޑު ހުރަސްކޮށް ދަތުރު ކުރަމުން ދިޔަ އެމެރިކާގެ ފްލައިޓެއް މާބޮޑަށް ތެޅުމުގެ ސަބަބުން އަޔަލޭންޑުގެ އެއާޕޯޓުގައި ކުއްލި ހާލަތުގައި ޖެއްސުމުން 16 މީހަކަށް އަނިޔާވެއްޖެ އެވެ.
އެމެރިކާގެ ޓެކްސަސް އިން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރު ކުރަމުން ދަނިކޮށް ކުއްލި ހާލަތުގައި ޖައްސަން ޖެހުނު ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓުގައި 207 ފަސިންޖަރުންނާއި 13 ކްރޫ މެމްބަރުން ތިއްބެވެ.
ޔުނައިޓެޑް އެއާލައިންސް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ފްލައިޓު ކުއްލި ހާލަތުގައި ޖައްސަން ޖެހުނީ ވަރަށް ބޮޑަށް ބޯޓު ތެޅުމުގެ ސަބަބުންނެވެ. އަދި އަނިޔާވި 14 ފަސިންޖަރުންނާއި ދެ ކުރޫ މެމްބަރުންނަށް މިހާރު ދަނީ އަޔަލޭންޑުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. (ބީބީސީ)