ބެއިޖިން (އޮގަސްޓް 31): ޗައިނާގެ އެންމެ ބޮޑު ދެސިޓީ ކަމަށްވާ ބެއިޖިން އާއި ޝަންހާއިގެ މަގުތަކުގައި ކަރަންޓުން ދުވާ ސްކޫޓަރާއި ސެގްވޭ ދުއްވުން މަނާކޮށްފި އެވެ.

ސަލާމަތީ ސަބަބުތަކަށް ޓަކައި އެފަދަ ސްކޫޓަރާއި ސެގްވޭ ދުއްވުން މަނާ ކުރުމަށް ފަހު ބެއިޖިން އާއި ޝަންހާއީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ގަވާއިދާ ހިލާފުވާ މީހުންނަށް ބަހުގެ އިންޒާރުދީ އެއް ޑޮލަރު (10 ޔޫއާން) އިން ޖޫރިމަނާ ކުރަން ފަށާފަ އެވެ.

ޓްރެފިކް ތޮއްޖެހިފައިވާ ޗައިނާގައި ކާރުތައް ފަހަނައަޅާ ދިޔުމަށް އާއްމުން ވަނީ ސްކޫޓަރާއި ސެގްވޭ އާއި މޮޑިފައިކޮށްފައިވާ ބައިސްކަލު ބޭނުން ކުރަން ފަށާފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ އުޅަނދުގައި ބްރޭކް ޖައްސާނެ ގޮތެއް އަދި ލައިޓެެއްވެސް ނުހުރެ އެވެ.

ކަރަންޓުން ދުވާ ސްކޫޓަރާއި ސެގްވޭ ދުއްވުން ހުއްދަ ކޮށްފައި އޮންނަ އެންމެ ބާރު ސްޕީޑަކީ ގަޑިއަކު 20 ކިލޯމީޓަރަށް ނަމަވެސް ޗައިނާގައި އެފަދަ ގިނަ އުޅަނދުތައް އެއަށް ވުރެ ބާރަށް ދުއްވާ ކަމަށް ބެއިޖިން ކޮންޒިއުމާސް އެސޯސިއޭޝަނުން ބުނެ އެވެ.

ކަރަންޓު ސްކޫޓަރާއި ސެގްވޭ ފަދަ އުޅަނދުތަކަށް ހާއްސަ ގަވާއިދުތައް ޗައިނާ އިން ހަދާފައި ނުވެ އެވެ. (ބީބީސީ)