30 Aug 2016, 22:53
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީޓީސީ) ހަމަޖައްސައިފިއެވެ.
އެ މުބާރާތުގެ ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖެއްސުމަށްޓަކައި މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.
ސްޕޮންސަރޝިޕް އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް) އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިބްރާހިމް ޒިޔަތުއެވެ.
މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް އެފްއޭއެމުން ބޮޑު ހަރަދެއް ކުރުމަށް ނިންމާފައިވެއެވެ. އެގޮތުން އެ މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެއް ލައްކަ ރުފިޔާ ދޭން ނިންމާފައިވާ އިރު، އެ މުބާރާތަށް 1.2 މިލިއަން ރުފިޔާގެ ބަޖެޓެއް އެފްއޭއެމުން ކަނޑައަޅާފައިވެއެވެ.