ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތަސް މެޗުތަކުން ކުރި ހޯދޭނެ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އަންދްރޭ ގޮމޭސް ބުނެފި އެވެ.

ޔޫރޯގެ ފައިނަލުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ތަރި ރޮނާލްޑޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ޕޯޗުގަލް ކުޅޭ ދެ މެޗެއްގައި ބައިވެރިނުވެވޭނެ އެވެ. އެއީ ގިލްބްރަލްޓާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޒަލެންޑް ކުޅޭ މެޗެވެ.

"ރޮނާލްޑޯ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާ އަކީ އަބަދުވެސް ކުޅުމަށް ތައްޔާރަށް ހުންނަ ކުޅުންތެރިއެއް. އަދި އޭނާ އަކީ އެހެން ކުޅުންތެރިންނަށް ވަރަށް ރަނގަޅު މިސާލެއް. އޭނާ ނެތަސް އަހަރެމެންނަށް އެނގޭ ޓީމު ވަރުގަދަ ކުރާނެ ގޮތް. ޓީމުގެ އެންމެންނަށް ވެސް ކޯޗު އިތުބާރު ކުރޭ،" ފްރާންސްގެ މިޑްފީލްޑަރު ގޮމޭސް ބުންޏެވެ.

ކުރިން ސްޕެއިންގެ ވެލެންސިއާ އިން ފެނުނު އުމުރުން 23 އަހަރުގެ ގޮމޭސް އަކީ މިހާރު ބާސެލޯނާގެ ކުޅުންތެރިއެކެވެ. ވެލެންސިއާ އިން އޭނާ ބާސާއާ ގުޅިފައި ވަނީ 55 މިލިއަން ޔޫރޯގެ އަގަކަށް މިދިޔަ ޖުލައި މަހު އެވެ.