30 Aug 2016, 16:21
ޔޫކޭ އިން މިއަހަރު މުޅި ދުނިޔެއަށް ބަލާއިރު ވެސް ރެކޯޑް އަދަދަކަށް ފޮރިން އިންވެސްޓްމެންޓްގެ ދާއިރާ އަށް އިންވެސްޓްކޮށްފައި ވާކަން އެ ގައުމުގެ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޔޫކޭގެ ޑިޕާޓްމަންޓް ފޯ އިންޓަނޭޝަނަލް ޓްރޭޑްގެ ރެކޯޑްތައް ދައްކާ ގޮތުން މިއަހަރު އޭޕްރީލް މަހުގެ ނިޔަލަށް އެ ގައުމުގެ ފޮރެއިން އިންވެސްޓްމެންޓް ފާމްތަކުން ވަނީ 2213 ޕްރޮޖެކްޓަކަށް އިންވެސްޓްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 11 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ރިޕޯޓްތައް ދައްކާ ގޮތުން ޔޫކޭއަކީ ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ވެސް ފޮރިން އިންވެސްޓްމެންޓްގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމެވެ.
މާލީ ރިޕޯޓްތައް ދައްކާ ގޮތުން މިއަހަރު އޭޕްރީލް މަހުގެ ނިޔަލަށް އިންވެސްޓް ކުރި 2213 ޕްރޮޖެކްޓްގެ ތެރެއިން 116000 ވަޒީފާ ވަނީ އުފެދިފަ އެވެ. ޔޫކޭ އަކީ އިންވާޑް އިންވެސްޓްމަންޓްތައް ވެސް އެންމެ ކުރިއަރާފައިވާ އެއް ގައުމެކެވެ. އެ ދާއިރާގައި ޗައިނާ އަދި އިންޑިއާ ވެސް އުޅެނީ ކުރީގަ އެވެ.