ދުބާއީ (އޮގަސްޓް 30): ދުބާއީގެ އަމީރު ޝޭހް މުހައްމަދު ކުރިން އެންގުމަކާ ނުލައި ދުބާއީ މުނިސިޕަލްޓީ އަށް ކުރެއްވި ޒިޔާރާތުގައި ގިނަ ބަޔަކު މަސައްކަތަށް ހާޒިރުވެފައި ނުވުމުގެ ސަބަބުން ނުވަ މީހަކު ވަޒީފާ އިން ވަކިވުމަށް އަންގައިފި އެވެ.

އާދިއްތަ ދުވަހު ދުބާއީ މުނިސިޕަލްޓީއަށް ޝޭހް މުހައްމަދު ކުރެއްވި ޒިޔާރަތުގައި، އެ އޮފީހުގެ ހުސް މޭޒުތަކެއް ކައިރީގައި ޝޭހު މުހައްމަދު ހުންނަވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

ވަޒީފާއަށް ހާޒިރު ނުވުމުގެ ސަބަބުން ނުވަތަ ލަސްވުމުގެ ސަބަބުން ވަޒީފާ އިން ވަކި ވުމަށް އަންގާފައިވާ މީހުންގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ އެހެން މުވައްޒަފުންނަށް އިބުރަތެއްގެ ގޮތުގައި ކަމަށް ދުބާއިގެ ގައުމީ ނޫހުގައިވެ އެވެ.

ގަލްފު ނިއުސްގައިވާ ގޮތުން ޝޭހް މުހައްމަދު އެގޮތަށް ކުރައްވާ ޒިޔާރަތްތަކުގެ މަގުސަދަކީ "ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ހިދުމަތްތައް" ދުބާއީގެ އޮފީސްތަކުން ދެވޭ ކަން ޔަގީން ކުރެއްވުމެވެ. (ބީބީސީ)