އިންވެސްޓްމެންޓް ބޮންޑާއި އިސްލާމިކް ބޮންޑު "ސުކޫކު"އަށް އިންވެސްޓް ކުރުމާ ބެހޭ ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖައްސައި، އެ ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ އިން ހުޅުވާލައިފި އެވެ.

އާދީއްތަ ދުވަހު ސީއެމްޑީއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ކެޕިޓަލް މާކެޓު ޕްރޮޑަކްޓްތަކަށް އާންމުން އަހުލުވެރި ކުރުމަށް ސީއެމްޑީއޭ އިން ކުރާ މަސައްކަތުގެ ދަށުން، އެ އޮތޯރިޓީގެ ޓްރޭނިންގް އިންސްޓިޓިއުޓު "ސީއެމްޑީއޭ އިންސްޓިޓިއުޓް"އިން އަންނަ ސެޕްޓެމްބަރު މަހު ވޯކްޝޮޕެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

މި ވޯކްޝޮޕް އަމާޒު ކުރަނީ އިންވެސްޓްމެންޓު ބޮންޑާއި ސުކޫކަށް އިންވެސްޓު ކުރުމާ ބެހޭ ގޮތުންނެވެ. އެގޮތުން، އިސްލާމިކް ފައިނޭންސާއި އޭގެ މައިގަނޑު އަސާސުތަކާއި، ރާއްޖޭގެ އިސްލާމިކް ފައިނޭންސް ހާލަތާއި އިސްލާމިކް ކެޕިޓަލް މާކެޓު ޕްރޮޑަކްޓްތަކާއި ބޮންޑުގެ އިތުރުން ހިއްސާ ގަނެ ވިއްކައިގެން ފަހަށް ރައްކާ ކުރެވޭނެ ގޮތްތައް މި ވޯކްޝޮޕްގައި ކިޔައިދޭނެ އެވެ.

ސީއެމްޑީއޭ އިން ބުނާ ގޮތުގައި، މި ވޯކްޝޮޕުގައި ބައިވެރިވުން އޮތީ ހިލޭ އެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން ސެޕްޓެމްބަރު އަށް ވަނަ ދުވަހުގެ 12:00 ގެ ކުރިން އައިދީޢކާޑުގެ ކޮޕީއާއި ގުޅޭނެ ނަމްބަރަކާ އެކުސީއެމްޑީއޭ އިންސްޓިޓިއުޓަށްއީމެއިލް ކުރަން ޖެހެ އެވެ.