ސައުތު އޭޝިޔާ ގައުމުތަކުގެ ސީނިއާ އާޓިސްޓުން ބައިވެރިވާ ކުރެހުމުގެ މައުރަޒެއް އިންޑިއަން ހައިކޮމިޝަނުން އިސްނަގައިގެން ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ސައުތު އޭޝިޔާ ގައުމުތަކުގެ 32 އާޓިސްޓަކު ބައިވެރިވެގެން "ފުޑް ޗެރީ ބްލޫ" ގެ ނަމުގައި ބާއްވާ އެ މައުރަޒު އޮންނާނީ އަންނަ މަހު 5 ން 12 އަށް ދާރުލް އާސާރުގައި ހުންނަ ނޭޝަނަލް އާޓް ގެލަރީގަ އެވެ.
އެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވާނީ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި އަދި އިންޑިއާގެ ހައިކޮމިޝަނާ ޑީއެމް މުލޭ އެވެ.