Last Updated: 9 year 3 month ago
Last Updated:
9 year 3 month ago
ޚާއްސަ ފުޓްބޯޅަ މެޗު (ފުލްޓައިމް): ގޯލްޑް ޓީމް 0-1 ގައުމީ ޓީމް
- ގައުމީ ފުޓްބޯޅަ ދަނޑުން: އަލީ ރިފްޝާން، މުއާވިއަތު އަންވަރު، އަހްމަދު މުޖްތަބާ
ދިވެހިރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން އޭރުގެ ގައުމީ ޓީމުގެ ކުޅުންތެރީންނާއި މިހާރުގެ ގައުމީ ޓީމާ ދެމެދު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
މެޗުގައި ހާއްސަ މެހެމާނެއްގެ ގޮތުން ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް.
- 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންސް ޓީމުގައި ހާއްސަ މެހެމާނެއްގެ ގޮތުން އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ.
- ކުރީގެ ކުޅުންތެރީންގެ ޓީމަށް އިރުޝާދު ދޭނީ ރާއްޖެއަށް ތަށި ހޯދައިދިން ކޯޗު ޖޯސެފް ޔަންކޭ.
- މެޗުގެ ހާއްސަ ސަޕޯޓަރުންގެ ގޮތުގައި ކުޅުދުއްފުށީ ސަޕޯޓަރުން.
- މެޗުގެ ރެފްރީކަންކުރާނީ ކުރީގެ ފީފާ ރެފްރީ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު.
- އެސިސްޓެންޓެއްގެ ގޮތުގައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕް މެޗެއްގައި އޮފިޝަލްކަން ކުރި އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދު ހަރަކާތްތެރިވާނެ.
މެޗުގެ ކުޅުން ނިންމާލައިފި. ފުރިހަމަ ވަގުތު ހަމަވި އިރު، 1-0 ލަނޑުން ކުރީގައި އޮތީ މިހާރުގެ ގައުމީ ޓީމު.
ގޯލްޑް ޓީމަށް ފުރުސަތެއް. އުމައިރު ދިން ބޯޅައަކުން ގައުމީ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަކޫ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.
ގޯލްޑް ޓީމަށް ފުރުސަތެއް. އެޑަމް ނަގައިދިން ހުރަހަކުން ގައުމީ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ޝިނާލް ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
ގޯލްޑް ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހްމަދު ޒާދު އުފެއްދި ބާރު ހަމަލާ، ކީޕަރު ޓިމޯ މަތަކޮށްފި.
ގޯލްޑް ޓީމުން ބަދަލުތަކެއް. ކުޅެން ނުކުމެފައިވަނީ އާދަމް ޝަރީފް (އެޑަމް) އާއި، އާދަމް ލަރީފް (ރޮނާ) އާއި، ކީޕަރު ހަސަން ރަމީޒް (ޓިމޯ) އަދި އަހްމަދު އަޝްފާން.
ގައުމީ ޓީމަށް ރަނގަޅު ފުރުސަތެއް. ރިޒްވާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރެއިން ބޮކުރީ އުފެއްދި ހަމަލާ، ގޯލްޑް ޓީމުގެ ކީޕަރު އިފްރާހު ވަނީ މަތަކޮށްފައި.
ސެންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރެއިން ރިޒްވާން އުފެއްދި ހަމަލާ ގޯލުގެ ރޮނގުމަތިން ގޯލްޑް ޓީމުގެ ޑިފެންޑަރު ޖަމްބެ ދިފާއުކޮށްފި.
ސަލީމްގެ ބަދަލުގައި ރެފްރީ އަމީޒް ރެފްރީކަން ކުރުމަށް އަރައިފި.
ގޯލްޑް ޓީމުން ވެސް ބަދަލެއް ގެނެސްފި. އިއްސެގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އުމައިރު.
ގައުމީ ޓީމުން ދެ ބަދަލެއް ގެނެސްފި. އެންޑީގެ ބަދަލުގައި ގާސިމް ސަމާމް ކުޅެން ނުކުތް އިރު، ޝާފީގެ ބަދަލުގައި ކުޅެން ނުކުތީ ހަމްދާން އިބްރާހިމް.
"48 - ދަގަނޑޭ ދިން ބޯޅަ ގައުމީ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޮންޑާ އަށް ލިބުމުގެ ކުރިން ޝާފީ ދިފާއުކޮށްފި.
ގޯލްޑް ޓީމުގެ ކެޕްޓަން އައްސަދުގެ ބަދަލުގައި އޭނާގެ ކޮއްކޮ އަކްރަމް އަބްދުލްޤަނީ ކުޅެން އަރައިފި. އޭގެ އިތުރުން ގޯލްކީޕަރު އިމްރާންގެ ބަދަލުގައި އިބްރާހިމް އިފްރާހް އަރީފް ވަނީ ކުޅެން ނުކުމެފައި.
"45 - ގޯލްޑް ޓީމުގެ އަޔާލާ އަށް ރަނގަޅު ފުރުސަތެއް. ގައުމީ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި އަޔާލާ ހުސްކޮށް ހުރި ނަމަވެސް، އޭނާ އަށް ވަނީ ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވިފައި.
"44 - ދަގަނޑޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ގޯލްޑް ޓީމުގެ އިއްސެ ނުރައްކާ ކުރުމުގެ ކުރިން ގައުމީ ޓީމުގެ ހިސާމް ސަލީމް ދިފާއުކޮށްފި.
ގޯލްޑް ޓީމުން ދެ ބަދަލެއް ގެނެސްފި. ކުޑައްޓޭގެ ބަދަލުގައި މުހައްމަދު އާރިފް (ބަކާ) ކުޅެން ނުކުތް އިރު، ޓޫކިލޯގެ ބަދަލުގައި ކުޅެން ނުކުތީ ޝަމްވީލް ގާސިމް (ބޮންޑާ).
ގޯލްޑް ޓީމުން ބަދަލެއް. ސޮބާގެ ބަދަލުގައި ކުޅެން ނުކުތީ މެޗުގެ ހާއްސަ މެހެމާން އަދި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ އަޔާލާ.
މެޗުގެ ދެވަނަ ހާފު ފަށައިފި. ދެވަނަ ހާފު ކިކޮއޯފް ކޮށްފައިވަނީ ގޯލްޑް ޓީމުން.
މެޗުގެ ދެވަނަ ހާފަށް ދެ ޓީމު ދަނޑަށް އަރައިފި. ރިޔާޒްގެ ބަދަލުގައި ދެވަނަ ހާފުގެ ރެފްރީކަން ކުރަނީ ރެފްރީ ސަލީމް.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. މިރޭގެ މެޗުގެ ހާފެއްގައި ކުޅެނީ 35 މިނެޓް. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން މިހާރުގެ ގައުމީ ޓީމު ކުރީގައި އޮވެގެން.
"29 - ގޯލްޑް ޓީމުގެ ރީތި ކުޅުމަކަށް ފަހު، ދަގަނޑޭ ކުރިއަށްދާން އުޅެނިކޮށް އެންޑީ ކުރި ފައުލަކާ ގުޅިގެން ގޯލްޑް ޓީމަށް ހިލޭ ޖެހުމެއް. ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ގައުމީ ޓީމުގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހިފައި ވަނީ ބްލޮކްވެފައި.
ގޯލްޑް ޓީމުން ބަދަލެއް. ޠާރިގުގެ ބަދަލުގައި ކުޅެން ނުކުތީ އަލީ އުމަރު.
ގައުމީ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހޮކޭ ކައިރިން ނައްޓާލުމަށް ފަހު، ދަގަނޑޭ އަށް ޓޫކިލޯ ދިން ބޯޅައިން ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި.
ގައުމީ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ދަގަނޑޭ ނުރައްކާ ކުރުމުގެ ކުރިން އެންޑީ ދިފާއުކޮށްފި.
"14 - ޖަމްބެ ކައިރިން ނައްޓާލުމަށް ފަހު ގޯލްޑް ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން މެސީ ނުރައްކާ ކުރުމުގެ ކުރިން ސޮބާ ދިފާއުކޮށްފި.
"07 - ގައުމީ ޓީމުން ލަނޑެއް ކާމިޔާބުކޮށްފި. ގޯލްޑް ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން މެސީ ދިން ބޯޅައަކުން ގައުމީ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިމްރާން ނަޝީދު. އެ ލަނޑު ޖެހި އިރު، ގޯލްޑް ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި މެސީ އާއި ސެންޓޭގެ ފަރާތުން ރީތި ކުޅުމެއް ފެނިގެންދިޔަ.
"07 - ގޯލްޑް ޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ އުފެއްދި ހަމަލާ، ޖަމްބެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރުވެއްޖެ.
"04 - ގައުމީ ޓީމުގެ އަސައްކޮ އަށް އިތުރު ފުރުސަތެއް. ދާދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށް އަސައްކޮ އުފެއްދި ހަމަލާ ގޯލްޑް ޓީމުގެ ކީޕަރު އިމްރާން ވަނީ މަތަކޮށްފައި.
"03 - ގޯލްޑް ޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި.
"02 - ގައުމީ ޓީމަށް އިތުރު ފުރުސަތެއް. ސެންޓޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އަސައްކޮ އުފެއްދި ހަމަލާ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ.
"01 - ގައުމީ ޓީމަށް ފުރުސަތެއް. ލިލީ ނަގައިދިން ރީތި ހުރަހަކުން ގޯލްޑް ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ، އަސައްކޮ ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
ރެފްރީ ރިޔާޒް ރަޝީދުގެ ކަށިގަނޑާއެކު މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ މިހާރުގެ ގައުމީ ޓީމުން.
ގޯލްޑް ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދާ އައްސަދަކީ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލައިލި ޓީމުގެ ކެޕްޓަން.
ގޯލްޑް ޓީމުން ބޭނުންކުރަމުންދަނީ ރަތް ކުލައިގެ ގައުމީ ޖާޒީ. އަދި މިހާރުގެ ގައުމީ ޓީމުން މެޗުގައި ބޭނުންކުރަމުންދަނީ ނޫ ކުލައިގެ އަވޭ ޖާޒީ.
ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާއި މިހާރުގެ ގައުމީ ޓީމު ދަނޑަށް އަރައިފި.
ގިނަ އަދަދެއްގެ މީހުން މިހާރު ދަނޑަށް ވަދެފައިވާ އިރު، އަދިވެސް މީހުން ދަނޑަށް ވަންނަމުން އެބަދޭ.
ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11:
- މުހައްމަދު އިމްރާން (ގޯލްކީޕަރު)
- އަހްމަދު އަބްދުﷲ
- އަލީ ފާސިރު
- އަސަދުﷲ އަބްދުﷲ
- އިސްމާއީލް އީސާ
- ނާއިޒް ހަސަން
- އަޝްހަދު އަލީ
- ހުސައިން ނިޔާޒް މުހައްމަދު
- ޝާފިއު އަހްމަދު (ކެޕްޓަން)
- މުހައްމަދު ރަޝީދު
- އިމްރާން ނަޝީދު
ކޯޗް: ޑެރެން ސްޓެވާޓް
2008 ސާފް ޗެމްޕިއަންސް ފުރަތަމަ 11:
- މުހައްމަދު ސިފާން
- އިބްރާހީމް ފަޒީލް
- އަލީ އަޝްފާޤު
- މުހައްމަދު ޖަމީލް
- އަހްމަދު ޠާރިޤު
- އަސަދު އަބްދުލް ޣަނީ (ކެޕްޓަން)
- އަހްމަދު ސައީދު
- އިސްމާއީލް މުހައްމަދު
- މުހްތާރު ނަސީރު
- އިމްރާން މުހައްމަދު (ގޯލްކީޕަރު)
- ޞަބާޙް މުހައްމަދު އިބްރާހީމް