29 Aug 2016, 15:08
ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ބަނދަރުގައި އަލިފާން ރޯވެ، އަނދަމުން އެބަ ދެ އެވެ.
ލަންކާގެ އެންމެ ބޮޑު އަދި އެންމެ ކާރުބާރު ބޮޑު ބަނދަރު ކަމުގައިވާ ކޮލޮމްބޯ ހާބަރުގައި ހުރި ޓަޔަރު ސްޓޮކެއްގައި ރޯވި އިރު، އެތަނުން ވަރަށް ބޯކޮށް ދުން އަރަމުންދާ ކަމަށް އާންމުވެފައިވާ ފޮޓޯތަކުން ފެނެ އެވެ.
ކޮލޮމްބޯ ހާބަރުގައި ރަބަރު ޓަޔަރު ސްޓޮކުކޮށްފައި ހުންނަ ގިނަ އަދަދެއްގެ ގުދަންތަކެއް ހުރެ އެވެ.
ރިޕޯޓު ކުރެވިފައިވާ ގޮތުން ރޯވެފައި ވަނީ ކޮލޮމްބޯ ހާބަރުގެ އިރުމަތީ ފަރާތުގައި ހުރި ޓަޔަރު ގުދަނެއްގަ އެވެ.
ކޮލޮމްބޯ ޕޯޓް އޮތޯރިޓީން ބުނާ ގޮތުން، އަލިފާން ނިއްވާ ސިފައިން މިހާރު ދަނީ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.