29 Aug 2016, 00:39
ކޮރަޕްޝަންގެ އަމަލު ހިންގުމުގެ ފުރުސަތު ދިވެހީން ނުދެންޏާ، އެފަދަ އަމަލުތައް ނުހިންގޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަނާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި ޓީވީ ޑްރާމާ "ބިތުފަންގި" ގެ ދެވަނަ ސިލްސިލާގެ ނިމުން ފާހަގަ ކުރުމަށް އާޓު ގެލެރީގައި މިރޭ ބޭއްވި ހަފްލާގައި އަޒީ ވިދާޅުވީ، ފުރުސަތުތަކާއި ވަސީލަތްތަކާއި އަދި ފައިސާ ނާޖާއިޒުގޮތުގައި ބޭނުން ކުރުމަކީ ވެސް ކޮރަޕްޝަން ކަމަށެވެ.
ބާރުހުރި ނުފޫޒުވެރި ފަރާތްތަކުން ކޮރަޕްޝަންގެ އަމަލު ހިންގާ އިރު އެކަމާ ގުޅިފާނެ ބައެއް ފަރުދުންވެސް. އެހެންވީމަ އަޅުގަނޑުމެން ފުރުސަތު ނުދޭކަމުގަ ވަންޏާ އެކަމެއް ނުކުރެވޭނެއިންފޮމޭޝަން ކޮމިޝަނަރު
އިންފޮމޭޝަން ކޮމިޝަނަރުގެ ވާހަކަފުޅުގައި، ކޮރަޕްޝަނާ ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
އޭނާ ވިދާޅުވީ، ހޭލުންތެރިކަން މުޖުތަމައުއަށް ގެނެސްދިނުމުން ކޮރަޕްޝަނަށް ވަރަށް ބޮޑު ހުއްޓުމެއް އަންނާނެ ކަމަށެވެ.
"ނަތީޖާއަކަށް ވާނީ އަޅުގަނޑުމެންގެ ގައުމުގެ ފުދުންތެރިކަމުގެ ގެއްލިގެންދާބައި ގެއްލުނަނުދީ އަޅުގަނޑުމެންގެ ތަރައްގީއަށްޓަކައި ބޭނުންކުރުމަށް ސަލާމަތް ކުރެވުން،" އަޒީ ވިދާޅުވިއެވެ.
ކޮރަޕްޝަން ހުއްޓުވައި ނަޒާހާތްތެރި މުޖުތަމައުއަކަށް ވެވޭނީ ކޮންމެ ފަރުދެއްވެސް އެކަން ހުއްޓުވުމަށް މަސަައްކަތް ކޮށްގެން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.